މިއަދު އިތުރު 5 މީހުން ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިއަދު ހުޅުދޫއާއި މީދުން ކޮވިޑް 19 އަށް 5 މީހަކު ޕޮޒިޓިވްވެއްޖެވެ.  

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ޕޮޒިޓިވް 5 މީހުންގެ ތެރޭގައި ހިމެނެނީ ހުޅުދުން ޕޮޒިޓިވްވި ދެމީހަކާއި މީދުން ޕޮޒިޓިވްވި 3 މީހުންނެވެ.

މިއަދު ހުޅުދޫއާއި މީދުން ޕޮޒިޓިވްވި 5 މީހުންގެ ތެރެއިން 4 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންނެވެ. ދެން ޕޮޒިޓިވްވި މީހާއަކީ ސިއްހީމަރުކަޒަށް ބަލިވެގެން ދެއްކި މީހުންގެ ތެރެއިން ނެގުނު ސާމްޕަލް ތަކުގެ ތެރެއިން ޕޮޒިޓިވްވި މީހެކެވެ.

އައްޑޫ ހޮސްޕިޓަލުން އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ މައުލޫމާތު ދުވަހުން ދުވަހަށް މީގެކުރީން އެހޮސްޕިޓަލުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހާމަކުރަމުންދިޔަ ނަމަވެސް މިމަހުގެ 19 ވަނަ ދުވަހުންފެށިގެން ހޮސްޕިޓަކުން އެމައުލޫމާތު ހާމަކުރަމުން ނުދާކަން ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. ރައީސް އިބްރާހިމް ...

ރާއްޖޭގެ ތާރީޚުގައި ވެސް މާލެން ބޭރުގައި ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް -ހަނިމާދޫ އެެއަރޕޯޓްގެ މަސައްކަތް.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތި އިތުރުން, މުޅި ރާއްޖޭގެ އިޤްތިސާދަށް އިންޤިލާބީ ބަދަލެއް ގެންނާނެ ...

ވީބީގައި މަސައްކަތް ކުރާ 8 މުވައްޒަފަކު ޕޮޒިޓިވްވެއްޖެ

ވީބީ ބްރަދާސްގައި މަސައްކަތް ކުރާ 8 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. ތަފްސީލު އަންނަނީ