ރާއްޖޭގެ ތާރީޚުގައި ވެސް މާލެން ބޭރުގައި ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް -ހަނިމާދޫ އެެއަރޕޯޓްގެ މަސައްކަތް.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތި އިތުރުން, މުޅި ރާއްޖޭގެ އިޤްތިސާދަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީޚުގައި ވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ކަމަށެވެ.

ފެންނަން ހުރި ހަޤީޤަތަކީ ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކުވެސް, މި ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައ އެކި ދާއިރާތަކުން ގެންނަމުންދާ ތަރައްޤީއަކީ, މީގެ ކުރީގެ އެއްވެސް އަހަރުތަކަކަށް ވުރެ ބޮޑު އަދި ވަށާޖެހޭ ތަރައްޤީއެއް ކަމަށް ވެސް މިނިސްޓަރ ގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްޤީގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތި އިތުރުން, މުޅި ރާއްޖޭގެ އިގުތިސާދަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް. މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީޚުގައިވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް“

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.

މަޝްރޫޢުގެ ތަފްސީލް:

ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ.

ހަވާލުކޮށްފައިވަނީ 136.6 މިލިއަން ޑޮލަރަށް.

ހަނިމާދޫ އެއާޕޯޓުގައި 2.46 ކިލޯ މީޓަރުގެ އާ ރަންވޭއެއް ގާއިމުކުރާނެ.

އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޒަމާނީ އާ ޓާމިނަލެއް ހަދާނެ.

ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރަން އިތުރު ވަސީލަތްތައް ގާއިމުކުރާނެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، މި އަހަރު ފަހުކޮޅު އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށާއިި، 2024 ވަނަ އަހަރު އެ މަޝްރޫޢު ނިމި، ޚިދުމަތްދޭން ފެށޭނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މި ރޭ 21:00 ގައި މީރުމާ އިވެންޓު ހޯލުގައި ބާއްވާ ރަސްމިއްޔާތެއްގައި ކަމަށެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރާއި ދައުލަތުގެ އިސް އޮފިޝަލުންނާއި ޝެއަރހޯލްޑަރުން ބައިވެރިވެވަޑައިގެންނަވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫއާއި މީދޫގެ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލްކޮށްފި

ހުޅުދޫއާއި މީދޫގެ ބަހާއުއްދީން ހެދުމުގެ މަސައްކަތް  އެމްޓީސީސީއާއި ހަވާލްކޮށްފިއެވެ. މިމަސައްކަތްތައް ހަވާލްކުރުމަށް މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ...

ގަމަށް ފްލައި ދުބާއީގެ ދަތުރުތައް ފެށުމުން ހުވަދޫއަށް ކަނެކްޝަން ދޭނީ މޯލްޑިވިއަނުން

ފްލައި ދުބާއީ ދަތުރުތަށް އައްޑޫސިޓީގެ ގަމަށް ފެށުމާއި އެކު މޯލްޑިވިއަން އިން ހުވަދޫ ކަނެކްޝަން ދޭނެ ކަމަށް މޯލްޑިވިއަން ...

“ސައުފުތާހެރި އައްޑޫސިޓީ” ގެ ނަމުގައި ސާފްކުރުމުގެ ޕްރޮގްރާމެއް ހިތަދޫގައި ކުރިއަށް ގެންގޮސްފި

Advertisement “ސައުފުތާހެރި އައްޑޫސިޓީ” ގެ ނަމުގައި ހިތަދޫ ގޮޑުދޮށް ސާފުކުރުމަށް ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތެއްގައި އޮސްޓްރޭލިއާގެ ދަރިވަރުންތަކެއް  ބައިވެރިވެ ...