މަޙްމޫދުގެ ހަށިގަނޑުގެ ޓެސްޓުތަކެއް ހެދުމަށް މާލެ ގެންގޮސްފި

އދ.ދަނގެތީގައި މަރާލައިފައި އޮއްވާ ފެނުނު މަޙްމޫދު އަބޫބަކުުރު (57 އ) ގެ ހަށިގަނޑުގެ ޓެސްޓުތަކެއް ހެދުމަށް މާލެ ގެންގޮސްފިއެވެ.

ބުދަ ދުވަހުގެރޭ ( މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ) އިން ފެށިގެންމަޙްމޫދު ނުފެނިގެން ހޯދަމުން ދަނިކޮށް މަރާލައިފައި އޮއްވާ މަހުމޫދު ފެނުނީ އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

މަޙްމޫދުގެ ހަށިގަނޑު ފެނުނީ ފަޅު ގޯއްޗެއްގެތެރޭގައި ހުރި ވަޅަކަށް ބޯކޮޅު ވަތަށް ވަޅަށް ވައްޓައިލާފައި ވަނިކޮށެވެ. މަޙްމޫދުގެ ހަށިގަނޑު ފެނުނުއިރު އޮތީ މަހުމޫދުގެ ހަށިގަޑުގެ ދެ ކޮޅުން ދެ ގޯނި ލައްވައި ގޮށްޖަހާފައެވެ.

މަޙްމޫދުގެ މަރުގެ މައްސަލައިގައި ދަނގެތީ ރައްޔިތުން ދެ މީހަކަށް ތުހުމަތު ކުރެއެވެ. މަޙްމޫދު މަރައިލިކަމަށް ތުހުމަތުކުރެވޭ މިދެ މީހުން އެރަށުގެ ރަށްޔިތުން ނިކުމެ ހައްޔަރުކޮށް އިއްޔެވަނީ ފުލުހުންނާއި ހަވާްލްކޮށްފައެވެ.

މަސްތުވާތަކެއްޗާއި، ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ އެ ދެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މަހުމޫދޫގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓުގެ ހާއްސަ ޓީމެއް މިހާރު ދަނީ ދަގެތީގައި ހަރަކާތްތެރި ވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ޒުވާންޓީމުން ވަރުގަދަ ފޭދޫ ބަލިކޮށްފި

20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގައި  ވަރުގަދަ ފޭދޫޓީމާއި  މީދޫޓީމް ބައްދަލުކޮށް   އިއްޔެ ...

ޕީއެސްޖީ ދޫކޮށް ނޭމާ ސައުދީ ލީގަށް ބަދަލުވެއްޖެ

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުންއައި ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ، އެ ކުލަބް ދޫކޮށް ސައުދީ ލީގުގެ އަލް ހިލާލްއަށް ...

ރޮލެކްސް ގަޑިއާއި ކޮހިނޫރު އަގޮޓީގެ ޒަމާން ނިމިގެން ގޮސްފި – ރައީސް ނަޝީދު

ރޮލެކްސް ގަޑިއާއި ކޮހިނޫރު އަގޮޓީގެ ޒަމާން ނިމިގެން ގޮސްފައިވާކަމަށް ކުރީގެ ރައީސް އަދި 19 ވަނަ ރަށްޔިތުންގެ މަޖިލިހުގެ ...