ޖަރުމަން، ޕޯޗުގަލް މެޗު ސްޓްރީމް ކޮށްލަން ދިރާގުގެ ރަނުގެ ފުރުޞަތެއް

ޖަރުމަން، ޕޯޗުގަލް ބައްދަލުކުރާ ފޯރިގަދަ މެޗު ސްޓްރީމްކޮށްލަން ދިރާގުން މި އޮތީ ރަނުގެ ފުރުޞަތެއް ހުޅުވާލައިފައެވެ.

ޔޫރޯ2020 މެޗްތައް މޮބައިލް ފޯނުން ސްޓްރީމް ކޮށްލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންއެއް އެކްޓިވޭޓްކޮށްލައިގެން %50 އިތުރު ޑޭޓާ ޖޫން މަހުގެ ނިޔަލަށް ލިބިގެންދާނެއެވެ. މިއީ މިރޭ ޕޯޗުގަލް އާއި ޖަރުމަނު ވިލާތު ވާދަކުރާ ފޯރިގަދަ މެޗް ބަލާލުމަށް ލިބިގެންދާނެ ރަނުގެ ފުރުޞަތެކެވެ.

މޮބައިލް ފޯންތަކުން ސްޓްރީމް ކުރުން އިތުރު ވެފައިވާ މި ދަނޑިވަޅުގައި ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ޔޫރޯގެ މެޗްތައް މޮބައިލް ފޯނުން ސްޓްރީމް ކޮށްގެން ބަލާލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކުރުމަށްފަހު “ސްޓްރީމިންގ ޕަރކް” ހިޔާރުކޮށްލައިގެން 1 ޖީބީ ހިލޭ ޑޭޓާ ސްޓްރީމް ކޮށްލަން ލިބޭނެއެވެ. ދިރާގު ޕްލޭ އެޕުން މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވޭނެއެވެ. ދިރާގު ޕްލޭގެ މަހު ފީ އަކީ ޖީ. އެސް. ޓީ އާ ނުލާ މަހަކު އެންމެ 65 ރުފިޔާއެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް، އެސް. އެމް. އެސް އަދި ޑޭޓާ، ހަމަ އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން، އިތުރު ހިލޭ “ޕަރކްސް” ވެސް ލިބިގެންދާނެއެވެ. މި ހިލޭ ޕަރކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ޚިދުމަތްތައް ބޭނުންކުރަން ވަކި ވަކި އެޑް-އޮންސް ގަންނާކަށް ނުޖެހޭނެއެވެ. އެހެންކަމުން، އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތައް ކޮށްލެވޭނެއެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް 250 ރުފިޔާ އިން ފެށިގެން އެކްޓިވޭޓް ކުރެވޭނެއެވެ. ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު މޯބައިލް އެޕުން ނުވަތަ ކޮމްބޯ ޕްލޭންގެ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސް.އެމް.އެސް ފޮނުވުމުން ވެސް އެކްޓިވޭޓް ވާނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ. އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ދިވެހިންގެ ތެރޭގައި އެންމެ ފަހުގެ އަދި މަޤުބޫލު މުނިފޫހިފިލުވުގެ ހަރަކާތްތައް ޑިޖިޓަލް ޒައްރިއްޔާ މެދުވެރިކޮށް ގެނެސްދުނުމަށެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް https://bit.ly/2U51U89

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއީސީ ބަދަހިކަޕް – ގްރޫޕީން ސެމީފައިނަލަށް ހޮވުނީ މިފްކޯއާއި ޕޮލިސް

މިހާރު މީދޫގައި ހިގަމުންދާ ” އެމް.އީ.ސީ ބަދަހިކަޕް ” ނެޓްބޯޅަ މުބާރާތުގެ ގްރޫޕީން ސެމީފައިނަލަށް ދެޓީމް ދަތުރުކޮށްފި އެވެ. ...

ވޯލްޑް ސްޕާ އެވޯޑްސް 2018 ރާއްޖޭގައި ބާއްވަން ނިންމައިފި

ވޯލްޑް ސްޕާ އެވޯޑްސް 2018 ރާއްޖޭގައި ބާއްވަން ހަމަޖައްސައިފިއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ދޭ އެންމެ ޝަރަފުވެރި ...

ކޮވިޑް ޖެހުނު ބަނގްލާދޭޝް މީހަކު މިއަދު ރާއްޖޭގައި ނިޔާވެއްޖެ

ކޯވިޑް-19 ޖެހުނު ބަނގްލާދޭޝް މީހަކު މިއަދު ރާއްޖޭގައި ނިޔާވެއްޖެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.. ކޯވިޑް-19 އަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ ...