މީދޫ އަވަށު އޮފީހުން އިސްނަގައިގެން ކުރިއަށް ގެންދާ ބަހާއުއްދީން މަގުސާފްކުރުމުގެ މަސައްކަތް

މީދޫ އަވަށު އޮފީހުން އިސްނަގައިގެން ކުރިއަށް ގެންދާ ވެށި ސާފްކުރުމުގެ ޕްރޮގްރާމް ފެއްޓުމުގެ ގޮތުން މީދޫ ބަހާއުއްދީންމަގު  ސާފްކުރުން މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މީދޫ އަވަށު އޮފީހުން ހާމަކޮށްފިއެވެ.

މީދޫ އަވަށު އޮފީހުން ހާމަކޮށްފައިވާގޮތުގައި މިއަދު ހަވީރު 15:45 ފައި ފެށުމަށް ހަމަޖެހިފައިވާ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބަހާއުއްދީންމަގުގެ އެކިސަރަހައްދު ގްރޫޕް ތަކަކަށް ބަހައިގެންނެވެ.

ތިރީގައި ދަންނަވާފައިވަނީ ސާފްކުރާ ސަރަހައްދު ތަކާއި އެސަރަހައްދު ސާފްކުރުމަށް ހަމަޖެހިފައިވާ ފަރާތްތައް

ކްލަބް ލޮތަރި : މީދޫ ގުލްފާމު މަގާއި ފަގީހުމޫސާ މަގާއި ދެމެދު ވާ ސަރަހައްދު

ޑަބްލިއުޑީސީ: ފަގީހުމޫސާ މަގާއި ގުލޭނޫރަންގެއާއި ދެމެދުގައި ވާ ސަރަހައްދު

މިސްކިތްތަކުގެ މަސައްކަތުމީހުން : ބޯޅދަނޑިގެންފެށިގެން އަސްރުމާވާދީއާއި ދެމެދުގައިވާ ސަރަހައްދު

މުނިސިޕަލް މަސައްކަތުމީހުން: ސީޒަން އިންފެށިގެން ކަރަންކާވާދީއާއި ހަމައަށް

އަވަށު އޮފީސް: އޯކިޑް އިން ފެށިގެން ޝިފާއާއި ހަމައަށް

ކޯގަންނު ގްރޫޕް: ކޯގަންނު މަގުން ފެށިގެން އުތުރަށް

ނަލަފެހި: ތޯތާގެން ފަށައިގެން އަލިވާގޭ ގޯޅިއާއި ހަމައަށް

މީދޫ އެކުވެރިންގެ ޗޭނު: : ގްރީންވިލާއިން ފަށައިގެން ގުލްއަލާމާގެއާއި ހަމައަށް

މީދޫ ޓުއަރިޒަމް ކޯޕަރޭޝަން : ނޫރަންފެހިން ފަށައިގެން އަންބަރީވިލާއާއި ހަމައަށް

ސާފްކުރުމުގެ މިމަސައްކަތައް  ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެގްރޫޕެއްގެ ސަރަހައްދު ސާފްކުރުމަށް ހާޒިރުވާއިރު ސާފްކުރުމަށް ބޭނުންވާ އިލޮށިފަތި ، ފިހި ، އަންގީ ފަދަ ތަކެތި އެފަރާތްތަކުން ހޯދައިގެން ސާފްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަތޮޅު ތެރޭގެ ރައްރަށަށް ދަތުރު ކުރުމުގައި ދެން ހާއްސަ ހުއްދައެއް ނަގާކަށް ނުޖެހޭނެ

އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ފިޔަވައި އެއްރަށުން އަނެއް ރަށަށް ހުއްދަނެތި ދަތުރުކުރެވޭނެ ކަމުގައި ނޭޝަނަލް އިމަޖެންސީ ...

ކޯވިޑް-19 : އަނެއްކާވެސް އިތުރު 14 މީހަކު ޕޮޒިޓިވް

ރާއްޖެއިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 27 ...

ހުޅުދޫ ހުވަނގު ޖަމްއިއްޔާގެ 5 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި

ހުޅުދޫ ހުވަނގު ޖަމްއިއްޔާގެ ބޯޑް މިއަހަރަށް އިފްތިތާހް ކުރުމުގެ ޖަލްސާ ބާއްވައިފި އެވެ. ހުޅުދޫ ސަނަމް ބީޗް ސަރަހައްދުގައި ...