މަޖިލީހުގައި ޖިންސީ ގުނަވަން ދައްކާފައެއް ނުވާނެ: ނާޒިލް


އައްްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްް ނާޒިލްްގެ ޖިންސީ ގުނަވަން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ދެއްްކި ކަމަށްް ކުރާ ތުހުމަތުތައްތައް ނާޒިލް ދޮގުކުރައްވައިފިއެވެެ.

ނާޒިލް އަސްލަމް އަށް ޖިންސީ ފުރައްސާރަކުރި މައްސަލަ މިހާރުު ވަނީ މަޖިލީހަށް ހުށަހަޅާފައެެެވެެ. މެންބަރު އަސްލަމަށް “މީތި ވީޑިއޯ ކޮށްލާށޭ” ބުނެ ނާޒިލްްގެ ޖިންްސީ ގުނަވަން ރައްޔިތުންގެ މަޖިލީހުގެ ސައިކޮޓަރީގެ ތެރޭގައި ދެއްކި ކަމަށް ވެއެވެ.

މި މައްސަލަ މީޑިއާތަކަށްް ތިލަވާން ފެށިތާ އެއްދުވަސް ފަހުން މެންބަރު އަސްލަމްގެ އަނބިކަނބަލުން ދިރިއުޅުއްވާ ގެކޮޅުގައި ރޯކޮށްލުމަށް ބަޔަކު ވަނީ މަސައްކަތްކޮށްްފައެވެ. އެކަން ހިނގި ގޮތުންް އެކަމުގައި ނާޒިލްގެ އަތެއް ވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތުުކުރަމުންނެވެ.

“އަޅުގަނޑުގެ ޖިންސީ ގުނަވަނެއް، މި ތިބި އިއްޒަތްތެރި މެންބަރުންގެ ތެރެއިން އެންމެ ފިރިހެނަކަށް ވެސް ފެނިފައި ނޯންނާނެކަން އަޅުގަނޑު ދިވެހި އެންމެހާ ރައްޔިތުންނަށް ޔަގީންކަން އަރުވަން،”

ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ އޭނާއަކީ ދުވަހަކުވެސް މީހުންގެ މުދަލަށް އަނިޔާދީ، މީހުންގެ ޖިސްމަށް ގެއްލުން ދީ، މީހުން މަރަން ގޭންގު ހަދައިގެން އުޅޭ މީހެއް ނޫންކަމަށެވެ. އަދި އޭނާއަކީ އެފަދަ ކަންތައްތަކަށް ހިތްވަރު ދޭނެ މީހެއް ވެސް ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައި އުޅޭނެ މީހެއް ވެސް ނޫން ކަމަށް އަސްްލަމް އަނބިކަނބަލުން ގޭގައި އަލިފާންް ރޯކޮށްލި ތުހުމަތަށްް އިޝާރާތްް ކުރައްވާ ނާޒިލްް ވިދާޅުވިއެވެ.

މަޖިލީހުގައި ނާޒިލްގެ ކުރިމަތި ފަރާތް ދައްކާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އަސްލަމް ދޮގެއް ނުކުރައްވައެވެ. އެއީ ނުހިނގާ ކަމެއް ކަމަށް ވިދާޅު ނުވެެ އަސްލަމް ވިދާޅުވަނީ އެކަމާ ގުޅޭގޮތުން މާގިނަ ވާހަކައެއްް ދައްކަން ނެތް ކަމަށެވެ.  މަޖިލިސް އިދާރާއިން ވިދާޅުވީ މެންބަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި އެ ގޮތަށް މެންބަރަކު ހުށަހަޅުއްވާ މައްސަލައެއް އެ އޮންނަ އުސޫލުގެ ތެރެއިން ބަލާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެ އިން އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ މީގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި ...

ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާވެސް ރަން މެޑަލް ހޯދައިފި

ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު އަންހެން ޑަބަލްސް ބައިން  ރާއްޖޭގެ ފާތިމަތު ...

ކޮވިޑާއި ގުޅިގެން އައްޑޫގައި އަޅާފައިވާފިޔަވަޅުތައް ވަރުގަދަކޮށް10 ގަޑިއިރަށް ކާފިއު

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅު އިތުރަށް ވަރުގަދަކޮށް މާދަމާ 18:00 ން ފަތިހު ...