ކޮވިޑާއި ގުޅިގެން އައްޑޫގައި އަޅާފައިވާފިޔަވަޅުތައް ވަރުގަދަކޮށް10 ގަޑިއިރަށް ކާފިއު

advertisement

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅު އިތުރަށް ވަރުގަދަކޮށް މާދަމާ 18:00 ން ފަތިހު 4:00 އަށް 10 ގަޑިއިރުގެ ކާފިއު ހިންގަން ނިންމައިފިއެވެ

ކޮވިޑާއި ގުޅިގެން އައްޑޫސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވަނީ އައްޑޫސިޓީގައި ކޮވިޑް-19 ހަލުވި ކަމާއި އެކު ފެތުރެމުން ދާތީއެވެ.

މީގެ ކުރިން އައްޑޫސިޓީގައި ކާފިއު ހިންގާފައިވަނީ ރޭގަނޑު 21:00 އިން ފަތިހު 4:00 އަށެވެ. މި ވަގުތުތަކުގައި އެއްގަމު އުޅަންދު ފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެއެވެ.

މީގެ އިތުރުން، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށް އަންގާފައިވާއިރު، އައްޑޫސިޓީގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި އެއް ގެއިން އަނެއް ގެއަށް ދިއުން ވެސް ވަނީ މަނާ ކޮށްފައެވެ.

advertisement

އަދި ކާފިއު ނޫން ގަޑިތަކުގައި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓާލުމަށާ ، ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރަން އަންގާފައި ވެއެވެ.

އަދި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލަން އަންގާފައިވާއިރު، ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް އަންގާފައި ވެއެވެ.

އަދި ފިހާރަތަކުން ޚިދުމަތް ދޭއިރު، ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރުމާއި، ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރި ޔަށް ގެންދިޔުން ހުއްޓައިލުމަށް އަންގާފައި ވެއެވެ.

މީގެ އިތުރުން، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލަން އަންގާފައިވާއިރު، ކާފިއު ގަޑި ނޫން ގަޑިތަކުގައި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ދެވޭނެ ކަމަށް އެ އެންގުމުގައި ވެއެވެ.

އެޗްޕީއޭއިން ބުނީ، މި ފިޔަވަޅުތަކުން އިސްތިސްނާވާނީ، ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ ހިދުމަތް ދޭ އިދާރާތކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި ، އެމްބިއުލާންސް، އަދި ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި ކުއްލި ހާލަތުގައި ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކަށް ކަމަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު: ހުޅުދޫއާއި މީދޫގައި ކާފިއު ހިންގާފައިވާ ގަޑި

ބަރާބަރު ހަވީރު ހަޔެއް ޖެހުމާއެކު ހުޅުދޫއާއި މީދޫގެ މަގުތައް ފަޅުވެއެވެ. އެއީ ހަވީރު ހަޔަކުން ފަތިހު ހަތަރަށް ކޮވިޑް ...

އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވާލަނީ

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފައާއި އެކު އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވައި ކިޔެވުން ފަށަން ...

މިޝްކާގެ މަރު: ރިވިއު ރިޕޯޓުގައި ހުސް އިޙުމާލު، އެންބިއުލާންސް ނުފޮނުވާ ހެދީ ދޮގު

މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޯވިޑް19 އަށް ޕޮޒިޓިވްވެ ފަރުވާ ނުދެވި ލަސްވުވުމުގެ ސަބަބުން މަރުވި ހދ. ކުޅުދުއްފުށި ...