ރައީސް ނަޝީދަށް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިދިޔަ މެއި މަހު ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއަށްފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވުމުން އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައިވަނީ 5 މަސްދުވަހަށްވުރެ ގިނަ ދުވަހު ބޭސް ފަރުވާ ކުރައްވަން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހުއެވެ. ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމަށްޓަކައި، ދައުލަތުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް އެއަރޕޯޓަށް ވަޑައިގެންނެވިއެވެ.

އެއަރޕޯޓުގެ ވީއައިޕީ ލައުންޖުގައި ރައީސް ނަޝީދުވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންވި ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. ރައީސް ނަޝީދު ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މަޖިލީހުން ވަނީ ޕާލަމެންޓްރީ އިންކުއެރީއެއްވެސް ހަދާފައެވެ. މިއިންކުއަރީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގިނަ ކަންކަން އިސްލާހުކޮށް ދައުލަތުގެ ތިން ބާރުގެ ވެރިންގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ތިންބާރުގެ ވެރިންނަށް ޚާއްސަ ގެކޮޅުވެސް ވަނީ ކަނަޑައަޅާފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އެއްޗެއް ގޮއްވާލައި ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެއިން ގިނަ ޢަދަދެއްގެ ރޭޒާފުކާއި ގެއްލުންދެނިވި އެހެނިހެން ތަކެތި ހިމަނައިގެންނެވެ. ބޮން ގޮއްވާލުމާއެކު އެތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމަކުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ހަމަލާދިން މީހުންގެ ޝަރީއަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 21ވަނަ ދުވަހުއެވެ. ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި، ވ.ތިނަދޫ ލަކީ އަދުހަމް އަހްމަދު (25)އާއި މއ.ފޭރުގެ މުޖާޒް އަހުމަދު (21)އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)ގެ މައްޗަށެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަސްތުވާތަކެއްޗާއިއެކު މީދޫ އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު މީދޫ އަންހެނަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ  މީދޫއަންހެނެކެވެ. މި ...

ވެންޓިލޭޓަރުތަކުގެ މައްސަލަގައި ދައުވާ ނުކުރަން ނިންމައިފި

ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ...

އައްޑޫގެ މަގުހެދުން ދަނީ ޕްލޭނާއި އެއްގޮތަށް- އަކްރަމް

އައްޑޫ ސިޓީގެ މަގުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވަމުންގެންދަވާކަމަށާއި އެމަސައްކަތާއި މެދު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ...