އިޓަލީ ބަލިކޮށް ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފި

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފިއެވެ.

ނިމިދިޔަ ޔޫރޯގެ ސެމީ ފައިނަލްގައި ޕެނަލްޓީޖަހައިގެން  ސްޕެއިން ބަލިކުރުމަށްފަހު ޔޫރޯގެ ފައިނަލަށް ދަތުރުކޮށް ފައިނަލްގައި އިންގްލެންޑް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިޓަލީ ބަލިކޮށް ނޭޝަންސް ލީގުގެ ފައިނަލުން ސްޕެއިން ޖާގަހޯދައިފިއެވެ.

ސްޕެއިން  ނޭޝަންސް ލީގުގެ ފައިނަލުން  ޖާގަ ހޯދީ ބުދަދުވަގުގެރޭ ކުޅެވުނު ސެމީ ފައިނަލުގެ މެޗްގައި އިޓަލީ 2 ލަނޑު 1 ލަނޑުން ބަލިކުރުމަށްފަހުގައެވެ.   

އިޓަލީގެ މިލާންގެ ސެން ސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ސްޕެއިނުން ކާމިޔާބުކުރި ފުރަތަމަ ލަނޑު  17 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒް އެވެ.

ސްޕެއިނުން ލަނޑެއް ޖަހާ މެޗްގެ ލީޑު ހޯދާފައިވަނިކޮށް މެޗްގެ 42 ވަނަ މިނިޓްގައި އިޓަލީގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމަށްފަހު ރެފްރީވަނީ ލިއޮނާޑޯ ބޮނޫޗީ  ދަނޑުން ފޮނުވާލާފައެވެ.

ލިއޮނާޑޯ ބޮނޫޗީ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ބޯޅައިގައި ބޮލުން ޖަހަން އުޅުމުގެ ތެރޭގައި ސްޕެއިންގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ގައިގައި އުޅަބޮށިން ޖެހި ކަމަށް ބަލާފައެވެ.

ލިއޮނާޑޯ ބޮނޫޗީއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުން 1 ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ އިޓަލީ ޓީމުގެ ކޮޅަށް  މިމެޗްގައި ސްޕެއިނުން ޖެހި ދެވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އެޓީމަށް ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ފެރާން ޓޮރޭޒް އެވެ.

މިމެޗްގައި އިޓަލީން ކާމިޔާބުކުރި ލަނޑު މެޗްގެ 83 ވަނަ މިނިޓްގައި ޖަހާދިނީ ލޮރެންޒޯ ޕެލެގްރީނީއެވެ. ލޮރެންޒޯ ޕެލެގްރީނީ ޖަހާދިން މިލަނޑަކީ ސްޕެއިންގެ ހުރިހާ ކުޅުންތެރިން ކުރިއަށް ޖެހިފައިވަނިކޮށް އިޓަލީގެ ފެޑެރީކޯ ޗިއޭސާއަށް  ލިބުނު ބޯޅައެއް ހޯދައިގެން ގޮސް ލޮރެންޒޯ ޕެލެގްރީނީއަށް ދީގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުން ސްޕެއިނު އަތުން އިޓަލީ ބަލިވުމުން  އެ ޓީމުގެ ބަލިނުވުމުގެ ރެކޯޑްވަނީ ނިމުމަކަށް އައިސްފައެވެ. އިޓަލީ ރޭ ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗާ ހަމައަށް އައިއިރު، ބަލިނުވެ 37 މެޗު ހަމަކޮށް, ދުނިޔޭގެ ރެކޯޑެއް ވަނީ ގާއިމްކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޯނު އުސޫލުން ނޭމާ ބާސެލޯނާއަށް ދޫކޮށްލަނީ ؟

ޕީއެސްޖީ  ދޫކޮށްލަން ބޭނުންވެފައިހުރި ތައްޔާރުވެއްޖެވެ. މީގެ ދެއަހަރުކުރީން ދުނިޔޭގެ ރެކޯޑްފީއެއްކަމަށްވާ 222 މިލިއަން ޕައުންޑަށް ބާސެލޯނާދޫކޮށްލި ފޯވާޑް އަލުން ...

ފޯރިގަދަ މެޗަކަށް ފަހުވަގުތު ޗެލްސީ މޮޅުވިއިރު ލިވަޕޫލްއަށް ފަސޭހަމޮޅެއް

އިގިރޭސި ޕްރިމިއާލީގުގައި ރޭ ކުޅެވުނުމެޗްވެސް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅެވުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ ...

ޔޫރޯ 2020: ނެދަލެންޑްސް ބަލިކޮށް ޗެކް ރިޕަބްލިކް ކުއާޓަރ އަށް

ނެދަލެންޑް ބަލިކޮށް ޗެކްރިޕަބްލިކުން   ޔޫރޯ 2020 ގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ. ހަންގޭރީގެ ޕުސްކަސް އެރީނާގައި ...