އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 : ހުޅުދޫ ޒުވާން ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ

މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގައި ހުޅުދޫ ޒުވާންޓީމް ( އެވެރެޖް އުމުރުން 17 އަހަރު )  ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެެއްޖެ އެވެ.

އައްޑޫސިޓީގެ 20 އަހަރުން ދަށުގެ  އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ހިތަދޫ އެފްސީ ޖޫނިއާސް އާއި  ދެކޮޅަށް އިއްޔެ ކުޅުނު މެޗުން ހުޅުދޫ ޒުވާން ޓީމު 4 ލަނޑު 1 ލަނޑުން ބަލިވި އިރު ހުޅުދޫޓީމު  މިމުބާރާތުގައި ދެން ކުޅެންޖެހެނީވެސް  ވަރުގަދަ 3 މެޗެވެ.  އެއީ ފޭދޫޓީމާ ބައްދަލުކުރާ މެޗާއި  މަރަދޫ އެފްސީއާއި ބައްދަލުކުރާމެޗްގެ އިތުރަށް މީދޫޓީމާ ބައްދަލުކުރާމެޗެވެ.

އިއްޔެ ހިތަދޫ އެފްސީ ޖޫނިއާސް އާއި ހުޅުދޫ ޒުވާންޓީމް ބައްދަލުކޮށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހުޅުދޫޓީމްގެ ކޮޅަށް ހިތަދޫޓީމަށް ޖެހިފައިވަނީ ދެގޯލްއެވެ. މިމެޗްގައި ހުޅުދޫޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑުވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފްގައެވެ.  ދެވަނަ ހާފުގައި އިތުރު ދެގޯލު ހުޅުދޫޓީމް ކޮޅަށް  ހިތަދޫޓީމުން  ޖެހި އިރު މިމުބާރާތް ފެށުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗްގައި ހިތަދޫ އެފްސީއާއި ވާދަކޮށް 13 ލަނޑު 0 ލަނޑުގެ  ބޮޑު ތަފާތަކުން ހުޅުދޫޓީމްވަނީ  ބަލިވެފަ އެވެ.

ހުޅުދޫޓީމްގެ ކޯޗަކަށް ހުރި މެރެތަން ބުނީ  މިފަހަރުގެ މުބާރާތުގައި ޓީމާ ހަވާލުވީ ތަޖުރިބާ ހޯދުމުގެ ގޮތުންކަމަށެވެ.

” ހުޅުދޫގައި މިހާރު 11 ސައިޑްގެ ފުޓްބޯޅަ އެއްގޮތަކަށްވެސް ނުކުޅޭ. އެހެންވީމާ މިމުބާރާތައް ޓީމެއް އެކުލަވާލުމުގައި ވަރަށްގިނަ ދަތިތަކާކުރިމަތިވި.  އޭގެތެރޭގައި 11 ސައިޑްގެ ފުޓްބޯޅަ ކުޅޭނެ ދަނޑެއް ނެތުންވެސް ހިމެނޭ ”

މެރެތަންބުނީ ހުޅުދޫޓީމާ ހަވާލްވީ މުބާރާތް ފެށެން ހަފްތާއަކަށްވުރެވެސް ކުޑަތަންވެފައިވަނިކޮށްކަމަށާ  އެހެންކަމުން ހުޅުދޫ  ޒުވާން ޓީމު މިމުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމްތަކާ ވާދަކޮށް ބޮޑެތި ނަތީޖާތަކަކުން ބަލިވިޔަސް 11 ސައިޑް ފުޓްބޯޅައިން އެކުދީންނަށް ރަގަޅު ތަޖުރިބާތަކެއް ލިބެންދާނެކަމަށެވެ.   މެރެތަން އިތުރަށް ބުނީ ޓީމް ތައްޔާރު ކުރުމަށް ކުރު މުއްދަތެއް އޮތުމުން މާބޮޑު ކަންތައްތަކެއް ހާސިލްނުކުރެވޭނެ ކަމަށާއި އެކަމަކު ވެސް ވީ އެންމެ ރަނގަޅަކަށް ތައްޔާރުވެފައިވާކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދުން އިތުރު 6 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް 19 އަށް މީދުން  އިތުރު 6 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މީދުން ޕޮޒިޓިވްވި 6 ...

ކޮވިޑް 19 – ހިތަދޫގެ އެކްޓިވް ކޭސް އަދަދު 117 އަރައިފި

ހިތަދުން އާދީއްތަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި 9 މީހުންނާއެކު ހިތަދޫގެ އެކްޓިވް ކޭސް އަދަދު 117 އަށް އަރައިފިއެވެ. ...