ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގައި ހުޅުދޫ ދާއިރާގެ ރައީސްއަކަށް ސާމިއު އަންވަރު އިންތިޚާބު ވެއްޖެއެވެ.

މި އިންތިޚާބުގައި ސާމިއުއާއި ވާދަކުރެއްވީ މުހައްމަދު ރާމިޒުއެވެ. ރާމިޒުގެ މައްޗަށް ސާމިއު ކުރި ހޯދީ 312  ވޯޓުގެ ބޮޑު ތަފާތަކުންނެވެ.

މިގޮތުން ސާމިއުއަށް  630 ވޯޓު ލިބުނުއިރު ރާމިޒުއަށް ލިބުނީ 318 ވޯޓެވެ. މިދާއިރާގައި ހުޅުދޫމީހުން ވޯޓް ދިނުމަށް އަތޮޅުމަދަރުސާގައި ބެހެއްޓުނު ފޮށިން ސާމިއުއަށް 317 ވޯޓް ލިބުނުއިރު ރާމިޒުއަށް ލިބިފައިވަނީ 109 ވޯޓެވެ.

މިދާއިރާގެ މީހުން ވޯޓް ދެއްވުމަށް މާލޭގައި ބެހެއްޓިފައިހުރި ފޮށިން ސާމިއުއަށް 313 ވޯޓް ލިބުނުއިރު ރާމިޒުއަށް މިފޮށިން ލިބުނީ 209 ވޯޓެވެ.  

ސާމިއު އާއި ވާދަކުރެއްވި މުހައްމަދު ރާމިޒު – ސާމިއުއާއި ވާދަކޮށް ރާމިޒު ބަލިވީ 312 ވޯޓްގެ ބޮޑުތަފާތަކުން

ހުޅުދޫ ދާއިރާގެ ރައީސްކަމަށް ހޮވުނު ސާމިއުއަކީ ހުޅުދޫގެ ރައްޔިތުންނާ ގާތުން ވޭތުވެދިޔަތަނުގައި އިޚްލާސްތެރި ޚިދުމަތްތަކެއް ހުޅުދުއަށާ އެމްޑީޕީއަށްވެސް ކޮށްދެއްވާފައިވާ ބޭފުޅެއްކަން  ފާހަގަކޮށްލަންޖެހެއެވެ.  

ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީކަމަށްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކުރިއަށް ގޮސްފައިވަނީ ވަރަށް ވާދަވެރިކޮށް ވަރަށް ފޯރީގައެވެ. އަދި ހުޅުދޫގައި ކުރިއަށްދިޔަ ވޯޓްލުމުގެ ކަންތައްވެސް ކުރިއަށް ގޮސްފައިވަނީ ވަރަށް ފޯރީގައިކަން ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ މިމަހު 25 ގައި ނިޒާމީ ވޯޓު ނެގުން!

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީ އާއި ކޯލިޝަން ހެދުމަށް އޮތް ހުށަހެޅުމަކީ އިންތިހާބުގެ ...

އެމްއެމްޕީއާރުސީގެ ޚިޔާނާތް

ރަށްތަކާ ފަޅުތައް ވިއްކައިގެން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާ ރަށްޔިތުންގެ މަޖިލުހުގެ ބައެއް މެމްބަރުންނަށްވެސް ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ...

އިތުރު 11 މީހަކު މީދުން ކޮވިޑް 19 އަށް ފައްސިވެއްޖެ

ސ.މީދުން އިތުރު 11 މީހަކު  ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި  މީދުން އިތުރަށް ފައްސިވި ...