ބޮޑުތަފާތަކުން ރާމިޒު ބަލިކޮށް ހުޅުދޫދާއިރާގެ ރައީސްކަމަށް ސާމިއު

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގައި ހުޅުދޫ ދާއިރާގެ ރައީސްއަކަށް ސާމިއު އަންވަރު އިންތިޚާބު ވެއްޖެއެވެ.

މި އިންތިޚާބުގައި ސާމިއުއާއި ވާދަކުރެއްވީ މުހައްމަދު ރާމިޒުއެވެ. ރާމިޒުގެ މައްޗަށް ސާމިއު ކުރި ހޯދީ 312  ވޯޓުގެ ބޮޑު ތަފާތަކުންނެވެ.

މިގޮތުން ސާމިއުއަށް  630 ވޯޓު ލިބުނުއިރު ރާމިޒުއަށް ލިބުނީ 318 ވޯޓެވެ. މިދާއިރާގައި ހުޅުދޫމީހުން ވޯޓް ދިނުމަށް އަތޮޅުމަދަރުސާގައި ބެހެއްޓުނު ފޮށިން ސާމިއުއަށް 317 ވޯޓް ލިބުނުއިރު ރާމިޒުއަށް ލިބިފައިވަނީ 109 ވޯޓެވެ.

މިދާއިރާގެ މީހުން ވޯޓް ދެއްވުމަށް މާލޭގައި ބެހެއްޓިފައިހުރި ފޮށިން ސާމިއުއަށް 313 ވޯޓް ލިބުނުއިރު ރާމިޒުއަށް މިފޮށިން ލިބުނީ 209 ވޯޓެވެ.  

ސާމިއު އާއި ވާދަކުރެއްވި މުހައްމަދު ރާމިޒު – ސާމިއުއާއި ވާދަކޮށް ރާމިޒު ބަލިވީ 312 ވޯޓްގެ ބޮޑުތަފާތަކުން

ހުޅުދޫ ދާއިރާގެ ރައީސްކަމަށް ހޮވުނު ސާމިއުއަކީ ހުޅުދޫގެ ރައްޔިތުންނާ ގާތުން ވޭތުވެދިޔަތަނުގައި އިޚްލާސްތެރި ޚިދުމަތްތަކެއް ހުޅުދުއަށާ އެމްޑީޕީއަށްވެސް ކޮށްދެއްވާފައިވާ ބޭފުޅެއްކަން  ފާހަގަކޮށްލަންޖެހެއެވެ.  

ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީކަމަށްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކުރިއަށް ގޮސްފައިވަނީ ވަރަށް ވާދަވެރިކޮށް ވަރަށް ފޯރީގައެވެ. އަދި ހުޅުދޫގައި ކުރިއަށްދިޔަ ވޯޓްލުމުގެ ކަންތައްވެސް ކުރިއަށް ގޮސްފައިވަނީ ވަރަށް ފޯރީގައިކަން ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޯނު ފޭރިގަތް މައްސަލައިގެ ތަފްސީލް ދެއްވަން ނަޝީދު ދެކޮޅު ހައްދަވައިފި

ލަންޑަނުގެ ރެސްޓޯރަންޓެއްގައި ފަރިއްކުޅުވަން އިންނަވަނިކޮށް ފޯނު ފޭރިގަތް މައްސަލާގައި ނޫސްވެރިން ސުވާލު ކުރުމުން ޖަވާބު ދެއްވަން އެމްޑީޕީގެ ރައީސް ...

ހުޅުދޫ ދާއިރާގެ ކައުންސިލުގެ ގޮނޑީގެ ޓިކެޓް ފައިޒް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި

  އެމްޑީޕީ ޕްރައިމަރީގައި ހުޅުދޫ ދާއިރާގެ ކައުންސިލުގެ ގޮނޑީގެ ޓިކެޓް ފައިޒް  ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ ...

ސްލޮވާކިއާ ބަލިކޮށް ދެވަަނަ ބުރަށް ދިއުމުގެ ފުރުސަތު ސްވިޑެން ތަނަވަސްކޮށްފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާ ބަލިކޮށް ދެވަަނަ ބުރަށް ދިއުމުގެ ފުރުސަތު ސްވިޑެން ތަނަވަސްކޮށްފިއެވެ. މިރޭ ސްލޮވާކިއާ އާއި ...