މީދޫގެ ވޯޓްގެ ނަތީޖާއިން އެގުނު އެއްޗަކީ މީދޫ ދާއިރާގެ ރައްޔިތުން އެމްޕީ ރޮޒެއިނާއަށް ކުރައްވާ އިތުބާރު- އިބުރޭ

މީދޫގެ ވޯޓްގެ ނަތީޖާއިން އެގުނު އެއްޗަކީ މީދޫ ދާއިރާގެ ރައްޔިތުން އެމްޕީ ރޮޒެއިނާއަށް ކުރައްވާ އިތުބާރުކަމަށް ހުޅިމީދޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލްވެ ހުންނެވި އިބްރާހިމް ޒުބައިރު  ( އިބުރޭ ) ވިދާޅުވެއްޖެވެ.

މީދޫގެ ވޯޓްގެ ނަތީޖާއިން އެގުނު އެއްޗަކީ މީދޫ ދާއިރާގެ ރައްޔިތުން އެމްޕީ ރޮޒެއިނާއަށް ކުރައްވާ އިތުބާރު

އިބްރާހިމްދީދީ  

އިބްރާހިމް ޒުބައިރު ( އިބުރޭ ) މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދެވު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އައްޑޫސިޓީ މީދޫ ދާއިރާގެ އެމްޕީ ރޮޒެއިނާ ގެ ތާއީދާއެކު އިންތިޚާބުގައި ވާދަކުރެއްވި ނިއުމާ މީދޫ ދާއިރާގެ ރައީސާކަމަށް ހޮވުމާއި ގުޅިގެންނެވެ. ނިއުމާ މީދޫ ދާއިރާގެ ރައިސާކަމަށް ހޮވުނުއިރު މިދާއިރާގެ ނާއިބު ރައީސްއަކަށްވެސް ހޮވިފައިވަނީވެސް އެމްޕީ ރޮޒެއިނާގެ ތާއިދާއެކު ވާދަކުރެއްވި މަރަދޫފޭދޫ އާދިލުކަން ފާހަގަކޮށްލަންޖެހެއެވެ.

ހޮނިހިރު ދުވަހު ބޭއްވުނު މިއިންތިޚާބުގައި ނިއުމާއާއި ވާދަކުރެއްވީ ބިލެއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ހަމްޒާ އެވެ. ހަމްޒާއާއި ހަމްޒާގެ ޓީމް މީދުއަށް ވަޑައިގެން މިއިންތިޚާބު ކާމިޔާބުކުރުމަށްޓަކައި  މީދޫގައި ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގިނަ ދުވަސްތަކެއް ވެފައިވާއިރު ވޯޓް ނެގި ދުވަހުވެސް ހަމްޒާ ހުންނެވީ މީދޫގައެވެ.

މިއިންތިޚާބުގައި މީދޫ ދާއިރާގެ   ސެކެޓްރީގެ ނައިބަކަށް އައިޝަތު ފުޒޫނާ ހޮވިފައިވާއިރު ސެކްރެޓަރީއަކަށް ހޮވިފައިވަނީ އައިޝަތު ހުސެންއެވެ. އަދި މީގެ އިތުރަށް މިދާއިރާގެ މައުލޫމާތާއި އިޝްތިހާރާއި އާއްމު އެންގުންތަކާއިބެހޭ ސެކްރެޓަރީއަކަށް ހޮވިފައިވަނީ ހަސަން އިމްސާދެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫއާ ކައިރިން ރާއްޖެ ސަރަހައްދަށް ބާރުގަދަ 4 ބިންހެލުން އަތުވެއްޖެ

އައްޑޫ ސިޓީއާ ކައިރިން އިންޑިއާ ކަނޑަށް ބާރުގަދަ 4 ބިންހެލުން އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ރާއްޖެ ހިމެނޭ ...

ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފި

އައްޑޫ ސިޓީ ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފިއެވެ އެޗްޕީއޭ އިން ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ މީދޫ މީހަކު ...

ރާއްޖޭގައި ވެރިކަން ކުރާނެއް މީހެއް ކަނޑައަޅާނީ އީޔޫ އަކުން ނޫން: މިނިސްޓަރ ނާޒިމް

ރާއްޖޭގެ ވެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކަށް ގޮސް ސަލާން ޖަހަން ނުޖެހޭނެ ކަމަށާއި މި ގައުމުގެ ވެރިކަން ހޯދުމަށް ...