އިތުރު 9 މީހުން ޕޮޒިޓިވްވެ އައްޑޫސިޓީގެ އެކްޓިވް ކޭސްގެ އަދަދު 224 އަށް އަރައިފި

އައްޑޫސިޓީން އިތުރު 9 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެ އައްޑޫސިޓީގެ އެކްޓިވް ކޭހުގެ އަދަދު 224 އަށް އަރައިފި އެވެ.

ހުކުރުދުވަހުގެ އިރުއޮއްސި ހަޔަކުން ހޮނިހިރު ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑަށް ޓެސްޓްކުރުމަށް ނެގުނު 252 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 9 މީހުންގެ ތެރޭގައި ހިމެނެނީ ވަކިތަރުތީބެއްނެތި ރަށުތެރެއިން ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 4 މީހަކާއި ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވެގެން ޕޮޒިޓިވްވި 3 މީހެއްގެ އިތުރަށް ހޯމްކަރަންޓީނުގައި ހުރިމީހަކާއި ސަވައިލަންސް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި މީހެކެވެ.

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އައްޑޫއިން އިއްޔެ ޕޮޒިޓިވްވި ނުވަމީހުންގެތެރޭގައި ހިމެނީ  ގަމުން ޕޮޒިޓިވްވި މީހަކާއި މަރަދުން ޕޮޒިޓިވްވި މީހެއްގެ އިތުރަށް ފޭދުން ޕޮޒިޓިވްވި 7 މީހުންނެވެ.

އައްޑޫގެ ރަށްރަށުގެ  ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް އަދިވެސް  އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 102 ކޭސް އުޅޭއިރު، ހިތަދޫގައި 61 ކޭސް، ފޭދޫގައި 37 ކޭސް، މަރަދޫފޭދޫގައި 05 ކޭސް އަދި ހުޅުދޫގައި 6 ކޭސް އަދި މީދޫގައި 12 ކޭސް އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.  

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަރުދޫ ކޭސް ބޮޑު ކްލަސްޓަރ އަކަށް ވެދާނެ – ޑރ.އަފްޒަލް

މިމަހުގެ 15ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްތަކަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ...

ސ.މީދޫ ގެއަކުން ފާޑުފާޑުއަޑު އިވޭތީ ސީސީޓީވީ ބެލުމުން ގައިން ދިޔައީ ހީބިހިނަގައިގެން

މިއީ ސ. މީދޫ ގެއެެއްގައި މިމަހުގެ 14ވަނަ ދުވަހުގެ ދަންވަރު ވަގުތެއްގައި ހިނގި އާދަޔާ ހިލާފުކަމެއްގެ ވާހަކައެވެ. (މިއީ ...

ޕީއެންސީ ރަޖިސްޓްރީކޮށްފިނަމަ އެޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް ހުރަހެއް ނޯންނާނެ – އަހުމަދު ޝަރީފް

Advertisement ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ އުފައްދާ “ޕީޕަލްސް ނޭޝަނަލް ކޮންގްރެސް” ރަޖިސްޓްރީކޮށްފިނަމަ އެޕާޓީގެ ފަރާތުން ރައްޔިތުންގެ ...