ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ނޮވެމްބަރު މަހު ގަމަށް ފަށަނީ

އަންނަ ނޮވެމްބަރު މަހުން ފެށިގެން، ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އޭސް އެވިއޭޝަންއިން ހާމަކޮށްފިއެވެ.

ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤް ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ދެވަނަ ދުވަހުން ފެށިގެން ގަމަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގަމުން ފުރާ ފަރާތްތަކަށް ލަންކާ މަގުން ގިނަ ސަރަހައްދުތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން މެދު އިރުމަތީގެ ގިނަ ޤައުމުތަކަށް މިހާރުވެސް ކަނެކްޝަން ލިބޭނެ ކަން އޭނާ ވަނީ ހާމަކޮށްފައެވެ.

ފިނި މޫސުމާއި ދިމާކޮށް ގަމަށް ދަތުރުތައް ހަމަޖެހޭނެ ކަން ފިރާޤް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ގަމަށް ފެށުމަށް ތައްޔާރުވަމުން ދާއިރު، މިހާރުވެސް ޗާޓަރު ދަތުރުތަކެއް ސްރީލަންކަން އެއަރލައިންސްއިން ގަމަށް ކުރެއެވެ. މިފްލައިޓުތަކުގައި ގިނައިން އަންނަނީ އިންޑިއާގެ ފަތުރުވެރިންނެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފެށީ ޑިސެމްބަރު، 1، 2016 ގައެވެ. އެ ދަތުރުތަކުގެ ސަބަބުން އައްޑޫއިން މާލެ ނައިސް، ބޭސް ފަރުވާއަށާއި ވިޔަފާރި ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ދެވެއެވެ. މީގެ އިތުރުން އައްޑޫގެ ވިޔަފާރިތަކުން ފްރައިޓްކޮށް ކާގޯވެސް ގެނެއެވެ.

ސްރީލަންކަން އެއަރލައިންސް މީގެ ކުރިންވެސް ގަމަށް ޝެޑިއުލް ދަތުރުތައް ވަނީ ކޮށްފައެވެ. އޭރު ހަފްތާއަކު 3 ދަތުރު ކުރަމުން އައިސް ދަތުރު ހުއްޓާލީ ކޯވިޑާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދިޔަ ފިޔަވަޅުތަކާއި އެކުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އައްޑޫސިޓީ ގުޅިފައިވާ ރަށްތަކުން އެއްރަށުން އަނެއް ރަށަށް ދިއުން މަނާ

އައްޑޫގެ އަވަށްތަކުގެ މީހުން  އެއްއަވަށުން އަނެއް އަވަށަށް  ނުދެވޭ ގޮތަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ. އައްޑޫސިޓީ ކައުންސިލުން މިގޮތައް ...

ގަމުގައި 180 ކޮޓަރީގެ 2 ހޮޓާ ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިންގަނީ

އައްޑޫ ސިޓީ ގަމުގައި 180 ކޮޓަރީގެ 2 ހޮޓާ ތަރައްޤީ ކުރުމުގެ މަޝްރޫއެއް ހިންގަން ތައްޔާރުވެއްޖެއެވެ. ގަން އިންޓަނޭޝަނަލް ...

އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކޮށްފި

އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކޮށްފިއެވެ. އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދަށް މާލެއާއި 2854 ކިލޯމީޓަރު ދުރުމިނުން ...