އުމުރުން އެންމެ 18 އަހަރުގެ ރަޑުކާނޫގެ ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

އިގިރޭސި ވިލާތުގެ އުމުރުން 18 އަހަރުގެ އެމާ ރަޑުކާނޫ  ޔޫއެސް އޯޕަންސް ކާމިޔާބުކޮށްފިއެވެ. ރަޑުކާނޫ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއިގުޅިގެން  އިނގިރޭސި ރާނީ އެލިޒަބަތުވެސް ވަނީ ރަޑުކާނޫއަށް މަރުހަބާ ދަންނަވާފަ އެވެ.

އަންހެނުންގެ ގްރޭންޑް ސްލޭމް ސިންގަލްސް ޗެމްޕިއަންކަން އިނގިރޭސިވިލާތުގެ ކުޅުންތެރިއަކަށް ލިބިފައމި މިވަނީ 44 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުގަ އެވެ. ރަޑުކާނުގެ ހައިރާންކުރުވަނިވި ގޮތަކަށް މިމުބާރާތް ކާމިޔާބުކޮށްފައިވަނީ  ފައިނަލްގައި އުމުރުން 19 އަހަރުގެ ކެނެޑާގެ ލޭލާ ފަނާންޑޭޒް  6 – 4 އަދި 6 – 3 ން ބަލިކުރުމަށްފަހުގައެވެ.


އެމާ ރަޑުކާނޫ ހާސިލުކުރި މިމޮޅަށް ތައުރީފުކޮށް އިނގިރޭސި ރާނީ އެލިޒަބަތުވެސް ވަނީ ރަޑުކާނޫއަށް މަރުހަބާ ދަންނަވާފަ އެވެ.

އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ އެމާ ރަޑުކާނޫގެ މިކާމިޔާބީ ފާހަގަކޮށް އޭނާއަށް މަރުހަބާ ދަންނަވާފަ އެވެ.

މިމޮޅާއެކު ރަޑުކާނޫ ވެގެންދާނީ ފްލަޝިންގ މެޑޯސްގައި ވާޖީނިއާ ވޭޑަށް ފަހު މޮޅެއް ހޯދި ފުރަތަމަ އަންހެން ކުޅުންތެރިޔާ އަށެވެ. އަދި އޯޕަން އެރާއެއްގައި ގްރޭންޑް ސްލޭމްއެއް ކާމިޔާބުކުރި ފުރަތަމަ ކޮލިފަޔަރ އަށެވެ. މީގެ އިތުރުން އޭނާ އަކީ މާރިއާ ޝަރަޕޯވާއަށްފަހު ސްލޭމް އެއް ކާމިޔާބުކުރި އެންމެ ހަގު އަންހެން ކުޅުންތެރިޔާ އެވެ.

ގްރޭންޑް ސްލޭމްއެއް ކާމިޔާބުކުރި އިނގިރޭސި އެންމެ ހަގު ކުޅުންތެރިޔާގެ އިތުރުން އޭނާ އަކީ އެންމެ ސެޓެއްވެސް ވައްޓާ ނުލާ ޔޫއެސް އޯޕަންސް ކާމިޔާބުކުރި ފުރަތަމަ އަންހެން ކުޅުންތެރިޔާ އެވެ. މީގެކުރިން މިރެކޯޑް އޮތީ ސެރީނާ ވިލިއަމްސް އަތުގަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޮތާރި ސްޓްރީޓް 3 ދަރިވޭމްޕް – މައިލޯ ސިޓީން އެފްސީއަޚުން ތަފާތު ބޮޑުކޮށް ބަލިކޮށްފި

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ  ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  ފުޓްބޯޅަ މުބާރާތުގައި  މިރޭ  ކުޅެވުނު ...

4-2 ން ރޯމާ މޮޅުވެ ލިވަޕޫލް ފައިނަލުން ޖާގަ ހޯދައިފި

4 ލަނޑު 2 ލަނޑުން ލިވަޕޫލްއަތުން ރޯމާ މޮޅުވެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ. ލިވަޕޫލަށް ފައިނަލުން ...

ޗެމްޕިއަންސް ލީގު: ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް ބަލިވެއްޖެ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗްގައި މެންޗެސްޓާ ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗުން އެޓީމް ބަލިވެއްޖެއެވެ. ސްވިޒަލެންޑްގެ ...