ޓެރަރިޒަމްގެ ނުރައްކާ އޮތްއިރުވެސް ކުއްލި ނުރައްކާ އިއުލާނު ނުކުރާތީ އެމްޑީޕީ ކަންބޮޑުވެއްޖެ

ވެރިރަށް މާލޭގައި ބޮމެއް ގޮއްވާލާނެކަމަށް ބުނެ ނޫރު މިސްކިތުގެ ތަނބެއްގައި އިންޒާރެއް ލިޔެފައި އޮތް މައްސަލައިން ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެކަން އެނގޭއިރު ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅެއް އޮތްކަމަށް ނުދެކެވިވާ ކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ބުނެފިއެވެ.

އިތުރު ބޮމެއް ގޮއްވާލާނެ ކަމުގެ އިންޒާރާއި ގުޅިގެން އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަނެއްކާ ވެސް ބޮމެއް ގޮއްވާލައި ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭޭނޭ ކަމުގެ ނުރައްކާތެރި އިންޒާރެއް ދީފައިވާތީ އެކަން ކުށްވެރިކުރާހިނދު، އެ އިންޒާރު ސީރިއެސްކޮށް ނަންގަވައި ވަރުގަދަ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުއްވުމަށް ސަލާމަތީ ހިދުމަތްތަކަށް ގޮވާލާ ކަމަށެވެ.

މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހު ބޮން ގޮއްވާލައި ޓެރަރިސްޓް ހަމަލާއެއް ދިނުމަށްފަހު، މާ ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާ އެފަދަ ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރު ދިނުމަށް ބޭނުންކޮށްފައި ވަނީ މާލޭގެ ނޫރު މިސްކިތްކަން ފާހަގަކޮށް އެޕާޓީން ބުނީ ނޫރު މިސްކިތުގެ ތަނބެއްގައި ލިޔެފައިވާ އިންޒާރުގައި ބުނެފައި ވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނޭ ކަމަށާއި ދިވެހި ގައުމު ސުންނާފަތި ކޮށްލާނޭ ކަމަށެވެ.

“މިސްކިތަކީ ހުޙުރުމަތްތެރިވެގެންވާ ތަނަކަށްވާއިރު، މިސްކިތުގެ ހުރުމަތް ކަނޑައި ދިވެހި ބަހުން އެފަދަ އިންޒާރެއް މިސްކިތް މެދުވެރިކޮށް ދޭނީ، ސީދާ އެ ނިޔަތުގައި އެކަން ރާވާ ތަންފީޒުކުރުމަށް މަސައްކަތްކުރަމުންދާ ޓެރަރިސްޓުން ކަމުގައި ގަބޫލުކުރަންޖެހެއެވެ. މިކަމުން ވެސް އިތުރަށް ހާމަވެގެން ދަނީ މި ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ ގޮސް ރައްޔިތުންނަށާއި މުޅި ގައުމަށް ޓެރަރިޒަމުގެ ނުރައްކާ އޮތް މިންވަރެވެ” އެމްޑީޕީން ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓްގައި، ބައެއް މިސްކިތްތަކުގައި، އޭގެ ތެރޭގައި ނޫރު މިސްކިތް ހިމެނޭ ގޮތުން، ހަރުކަށި ފިކުރުގެ ބައެއް ލީޑަރުން އެމީހުންނާ ގުޅުން އޮންނަ ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން އެ އެމީހުންގެ ފިކުރު ކުރިއަރުވައި އޮޕަރޭޝަންތައް ހިންގާކަން ފާހަގަކޮށްފައިވާއިރު، ހަމަ އެ މިސްކިތުގައިި އެ ފަދަ ޓެރަރިސްޓް އިންޒާރެއް ލިޔެފައިވުމަކީ ސަލާމަތީ ހިދުމަތްތަކުން އެއަށް ފަހު ވެސް ސާވެލެންސްކޮށް އެކަންތައް ރަނގަޅަށް ނުބެލިވާކަމަށް ތުޙުމަތުކުރުމުގެ ޖާގަ އޮތްކަމެއް ކަމުގައި ދެކޭ ކަމަށެވެ.

“މި މިންވަރުގެ ޓެރަރިޒަމުގެ ނުރައްކާ އޮތްއިރު ވެސް ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅެއް އޮތްކަމަށް ނުދެކެވިވާކަމީ މި ޕާރޓީން ކަންބޮޑުވާ ކަމެކެވެ” ބަޔާނުގައިވެއެވެ.

އެހެން ކަމުން ޓެރަރިޒަމުގެ ނުރައްކާތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި އިތުރަށް ސަމާލުވެވަޑައިގެން ވަގުތުން ވަގުތަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ސަލާމަތީ ޚިދުމަތްތަކަށާއި ސަރުކާރަށް އިލްތިމާސް ކުރާ ކަމަށް އެމްޑީޕީން ބުންޏެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް 10،000 ރުފިޔާ ދޭން ރައީސް މިއަދު ނިންމަވައިފި

އެކަނިވެރި މަންމައިންނާއި ބައްފައިންނަށް 10،000 ރުފިޔާ ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފި އެވެ، އެކަނި ...

ކޯވިޑް-19 : ކުރީގެ ސާމްޕަލްތަކުގެ ނަތީޖާއާއި އެކު މިއަދު 1433 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއަށް އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވި 1،433މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 1،294މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި ...

ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ...