މެންޗެސްޓަރ ސިޓީ ބަލިކޮށް ކޮމިއުނިޓީ ޝީލްޑް ލެސްޓާ ސިޓީން ކާމިޔާބު ކޮށްފި

އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު ލެސްޓާ ސިޓީ ކާމިޔާބު ކޮށްފިއެވެ.

އެންމެފަހުގެ ޕްރިމިއާލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި އެފްއޭކަޕްގެ ޗެމްޕިއަން  ލެސްޓާ ސިޓީ ބައްދަލުކުރި މި މެޗު ލެސްޓާސިޓީ ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ

މިއީ 50 އަހަރަށް ފަހު ލެސްޓާއިން އިނގިރޭސި ކޮމިޔުނިޓީ ޝީލްޑް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ކޮމިޔުނީޓީ ޝީލްޑް އެ ޓީމު ކާމިޔާބު ކުރީ 1971 ގައި ލިވަޕޫލް 1-0 އިން ބަލި ކުރުމަށް ފަހު އެވެ.

ދެ ޓީމްގެ ފަރާތުން ދާދި ހަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލެސްޓާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ކެލެޗީ އިހެނާޗޯއެވެ. މި ޕެނަލްޓީއަކީ ސިޓީގެ ޑިފެންޑަރ އާކޭ ލެސްޓާގެ ފޯވާޑް އިހެނާޗޯއާސް ސިޓީގެ އޭރިއާގެ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދީފައިވާ ޕެނަލްޓީއެކެވެ.

މި މެޗުގައި އިނގިރޭސި ކުޅުންތެރިޔަކު ކްލަބު ބަދަލު ކުރި އެންމެ އަގުބޮޑު ޓްރާންސްފާ ކަމުގައިވާ އެސްޓަން ވިލާއިން 100 މިލިއަން ޕައުންޑަށް ސިޓީއަށް ބަދަލުވި ގްރީލިޝް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ. އޭނާ މިމެޗްގައި ކުޅެން ނިކުމެފައިވަނީ އޭނާގެ ޓްރާންފާރގެ ކަންތައް ނިމުނުތާ 72 ގަޑިއިރު ހަމަނުވަނީސްއެވެ.

މިމެޗްގައި ސިޓީގެ ޕްލޭޔަރުން ކަމަށްވާ، ކެވިން ޑިބްރޮއިނާ އާއި ފިލް ފޯޑެން ކުޅެފައެއްނުވެއެވެ. އެއީ ޔޫރޯގައި އެކުޅުންތެރީންނަށް ކުރިމަތިވި އަނިޔާގެ މައްސަލަ އަދި މުޅިން ރަގަޅު ނުވާތީއެވެ. އަދިސިޓީގެ ބައެއް އެހެން ކުޅުންތެރިން ޔޫރޯ އާއި ކޮޕާ އެމެރިކާގެ ފަހު ސްޓޭޖުގައި ކުޅެފައި ވުމުން އެ ކުޅުންތެރިންނަށް ވެސް ޗުއްޓީ ދީފައިވާތީ އެކުޅުންތެރީންވެސް މިމެޗްގައި ކުޅެފައެއްނުވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގު 2021-2022 ސީޒަން ފެށުމަށް ހަމަޖެހިފައި ވަނީ 13 އޯގަސްޓް 2021 ވާ ހުކުރު ދުވަހުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – ޖަންތާ ގަރާޖް އާއި ދަކްރައުސް ބައްދަލުކުރިމެޗްވެސް އެއްވަރު

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި ...

އައިވީ މިކްސްޑް ވޮލީކަޕް- ސެމީފައިނަލްގެ ދެވަނަމެޗްގައި ފޭދޫ ފާހި ސްޕޯޓްސްއާއި ބައްދަލުރާނެޓީމަކީ މަރަދޫފޭދޫ ވޮލީޓީމް

” އައިވީ މިކްސްޑް ވޮލީކަޕް  ” ގައި މަރަދޫފޭދޫ ސްޕާކްލްސް ބަލިކޮށް ސެމީފައިނަލުން ޖާހަގަ ހޯދާފައިވާ ފޭދޫ ފާހި ...

ޗެމްޕިއަންސް ލީގު: ނަޕޯލީ ބަލިކޮށް ބާސެލޯނާއިން ކްއާޓާފައިނަލުން ޖާގަ ހޯދައިފި

ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ފަހު ލެގުގައި ރޭ ނަޕޯލީގެ މައްޗަށް ކުރި ހޯދައި ބާސެލޯނާ ކުއާޓާ ފައިނަލަށް ...