ވެކްސިންޖެހޭ އުމުރުގެ އެންމެން ފުރަތަމަޑޯޒް ޖެހި ފުރަތަމަ ރަށަކަށް މަތިވެރި

އއ. މަތިވެރީގައި، ކޯވިޑުން ދިފާއުވުމަށް ވެކްސިންޖެހޭ އުމުރުފުރާގެ އެންމެން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނަމޫނާ ދައްކައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭން އާންމު ކުރި ވެކްސިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަތިވެރީގައި 18 އަހަރުން މަތީގެ ހުރިހާ އެންމެން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ އިރު، ވެކްސިންޖެހޭ އާބާދީގެ 99 އިންސައްތަ މީހުން ވެކްސިންގެ ދެވަނަ ޑޯޒްވެސް އެރަށުގައި ވަނީ ފުރިހަމަކޮށްފައެވެ.

މަތިވެރީގެ ޖުމްލަ އާބާދީގައި 860 އަށް ވުރެ ގިނަމީހުން އުޅޭއިރުން އެރަށުގެ އާބާދީގެ 74 އިންސައްތަ މީހުންނަކީ ކޯވިޑުން ދިފާއުވުމަށް ވެކްސިންޖެހޭ އުމުރުގެ މީހުންނެވެ.

މަތިވެރީގެ އިތުރުންވެސް ބައެއް ރަށްރަށުގައި ވެކްސިންޖެހޭ އުމުރުގެ 99 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައެވެ. އޭގެތެރޭގައި ހއ. ފިއްލަދޫ، ތުރާކުނު، ހދ. ވައިކަރަދޫ، ށ. ކޮމަންޑޫ، ނ. ފޮއްދޫ، މަގޫދޫ، ބ. ފެހެންދޫ އަދި މ. ރަތްމަންދޫ ހިމެނެއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ސަރުކާރުން ވަނީ ރާއްޖޭގެ މުޅި އާބާދީ އަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށައިފައެވެ. އެއީ މިއަހަރުގެ މިނިވަންދުވަހު ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ވެކްސިންޖަހަން ޝަރުތުހަމަވާ އާބާސީގެ 90 އިންސައްތަ މީހުންނަށް ވެކްސިންގެ ދެޑޯޒް ޖެހުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް 271،552 ފަރާތަކުން ފުރިހަމަކޮށްފައިވެއެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 323568 ފަރާތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ” މާމިސްކިތް ” ބޮޑު މަރާމާތަކަށްފަހު އަލުން ހުޅުވައިފި

މީދޫ ” މާމިސްކިތް ” ބޮޑު މަރާމާތަކަށްފަހު ބުރާސްފަތި ދުވަހު އަލުން ހުޅުވައިފިއެވެ. މާމިސްކިތް މަރާމާތުކުރުމަށް މީދޫ އަވަށު ...

މިސްޓަ މޯލްޑިވްސްގެ މަގާމު ޖެހިޖެހިގެން ދެވަނަ އަހަރު ޔާމީންހޯދައިފި

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި މިސްޓަރ މޯލްޑިވްސް 2022 ގެ ޝަރަފް ޖެހިޖެހިގެން ...

ކަނޑު އުޅަދަކުން އައްޑޫގެ އަވަށަކަށް މީހުން ބޭލުމުގެ ކުރީން އެކަން އެންގުމަށް އިއުތިމާސްކޮށްފި

އެމްޕީއެލް ފެރީ ނިޒާމުގެ ތެރެއިން ނޫންގޮތަކަށް މީހުން ގޮވައިގެން ރާއްޖޭގެ އެއްވެސް ތަނަކުން ފުރައިގެން އައްޑޫގެ އެއްވެސް އަވަށަކަށް ...