ވެކްސިންޖެހޭ އުމުރުގެ އެންމެން ފުރަތަމަޑޯޒް ޖެހި ފުރަތަމަ ރަށަކަށް މަތިވެރި

އއ. މަތިވެރީގައި، ކޯވިޑުން ދިފާއުވުމަށް ވެކްސިންޖެހޭ އުމުރުފުރާގެ އެންމެން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނަމޫނާ ދައްކައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭން އާންމު ކުރި ވެކްސިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަތިވެރީގައި 18 އަހަރުން މަތީގެ ހުރިހާ އެންމެން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ އިރު، ވެކްސިންޖެހޭ އާބާދީގެ 99 އިންސައްތަ މީހުން ވެކްސިންގެ ދެވަނަ ޑޯޒްވެސް އެރަށުގައި ވަނީ ފުރިހަމަކޮށްފައެވެ.

މަތިވެރީގެ ޖުމްލަ އާބާދީގައި 860 އަށް ވުރެ ގިނަމީހުން އުޅޭއިރުން އެރަށުގެ އާބާދީގެ 74 އިންސައްތަ މީހުންނަކީ ކޯވިޑުން ދިފާއުވުމަށް ވެކްސިންޖެހޭ އުމުރުގެ މީހުންނެވެ.

މަތިވެރީގެ އިތުރުންވެސް ބައެއް ރަށްރަށުގައި ވެކްސިންޖެހޭ އުމުރުގެ 99 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައެވެ. އޭގެތެރޭގައި ހއ. ފިއްލަދޫ، ތުރާކުނު، ހދ. ވައިކަރަދޫ، ށ. ކޮމަންޑޫ، ނ. ފޮއްދޫ، މަގޫދޫ، ބ. ފެހެންދޫ އަދި މ. ރަތްމަންދޫ ހިމެނެއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ސަރުކާރުން ވަނީ ރާއްޖޭގެ މުޅި އާބާދީ އަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށައިފައެވެ. އެއީ މިއަހަރުގެ މިނިވަންދުވަހު ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ވެކްސިންޖަހަން ޝަރުތުހަމަވާ އާބާސީގެ 90 އިންސައްތަ މީހުންނަށް ވެކްސިންގެ ދެޑޯޒް ޖެހުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް 271،552 ފަރާތަކުން ފުރިހަމަކޮށްފައިވެއެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 323568 ފަރާތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020: އޮސްޓްރިއާ ބަލިކޮށް އިޓަލީ ކުއާޓަރ ފައިނަލަށް

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ދެވަނަ މެޗް ކާމިޔާބުކޮށް އިޓަލީ ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ. އިޓަލީ ކުއާޓާ ...

މީދުން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19 އަށް މީދުން މީހަކު ޕޮޒިޓިވް ވެއްޖެކަމުގެ މައުލޫމާތު ލިބިއްޖެ – މައުލޫމާތު ލިބިފައިވާގޮތުގައި މީދުން ޕޮޒިޓިވްވެފައިވަނީ ...

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ދެވަނަ ކުއާޓަރގެ އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައިފި

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް ...