ދޮން އުނބަރާ ނައިޓް ގެ ނަމުގައި ޚާއްސަ މިއުޒިކް ޝޯއެއް އައްޑޫސިޓީ ހުޅުމީދޫގައި ބާއްވަނީ

ޝަލަބީއާއި އޭނާގެއަންހެނުން ޝިފާއިބްރާހިމުގެ ލަވަތަކާއެކު  “ދޮން އުނބަރާ ނައިޓް”ގެ ނަމުގައި ޚާއްސަމިއުޒިކްޝޯއެއްއައްޑޫސިޓީހުޅުދޫގައިމާދަމާ ރޭ ( 6 އޯގަސްޓް 2021 ވާ ހުކުރު ދުވަހުގެރޭ ) ބާއްވާގޮތަށްހަމަޖެހިއްޖެއެވެ.

މިޝޯވގައި މޯލްޑިވިއަން އައިޑޮލް އިން ވިދާލި މަޝްހޫރުލަވަކިއުންތެރިޔާ ޝަލަބީ އާއި ޝަލަބީގެ އަންހެނުން ޝިފާގެ އިތުރުން “ޑެވިން” އާއި “ޓޯއީ” ވެސްލަވަކިޔާނެ ކަމަށް “ހައުސް އޮފް މިއުޒިކް” އާއި ހަވާލާދީ އަދިވެސް އޮންލައިންގައި ބުނެފައިވެއެވެ.

ހުޅުމީދޫ މިބާއްވާ ޝޯގައި ޝަލަބީ އަދި ޝިފާގިނަލަވަތަކެއް ހުށަހެޅުމަށް  ރެޕަޓުވާގައި ހިމަނައިފައިވީނަމަވެސް، އެދެމަފިރިންއެކުގައި މިޝޯވގައި ހުށަހެޅުމަށްހަމަޖެހިފައިވަނީ އައްޑޫބަހުރުވައިން އޮންނަ “ދޮންދީދީ ދެން މިކޯ…” މިލަވައެކަންޏެވެ.

“ދޮން އުނބަރާ ނައިޓް” އަކީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫ މިހާތަނަށް ބާއްވާ މިފަދައެންމެ ބޮޑު މިއުޒިކް ޝޯއެވެ.

އެހެންކަމުން ވީހާ ކުލަގަދަ ގޮތެއްގައި މި ޝޯ ބާއްވަން ރާވަމުން އަންނަ ކަމުގައި “ދޮން އުނބަރާ”ގެ ނަމުން މަޝްހޫރުވެފައިވާ ހުޅުދޫ އާއިލާގެ ފަރާތުން ވާހަކަ ދެއްކި އާމިނަތު ޝަހުދާ (ބަހޫ) “އަދިވެސް” އަށް މައުލޫމާތު ދެމުން ބުނެފައިވާކަމަށް އަދިވެސް އޮންލައިންގައި ބުނެފައިވެއެވެ.

“ވަރަށް ދުވަސްކޮށްފައި ރަށަށް މި އާދެވުނީ. އެހެންވެ ރަށާއި އަތޮޅުގެ ރައްޔިތުންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި މި ޝޯ މި ބާއްވަނީ،”

ބަހޫ ބުންޏެވެ.

ބަހޫ ބުނީ ޝޯބޭއްވުމުގައިރަށުގެމުވައްސަސާތަކުގެވަރަށްބޮޑުއެއްބާރުލުމެއްލިބެމުންދާކަމަށާއިއެފަރާތްތަކުން ކޮށްދެއްވި މަސައްކަތްތަކުގެ އަގުވަޒަންކޮށް އެފަރަތްތަކަށްހަދިޔާދިނުންވެސްޝޯގެތެރޭގައިއޮންނާނެކަމަށްވެސް ބަހޫ ބުންޏެވެ.

ހައުސް އޮފް މިއުޒިކްގެ އިސް އޮފިޝަލަކު ބުނި ގޮތުގައި ސައުންޑާއި ލައިޓިންގެ ފެންވަރަށް ބަލާއިރު، ހުޅުމީދޫ ޝޯއަކީ ޝަލަބީ އާއި ބޭންޑު މިހާތަނަށް ދޭ އެންމެ ވަރުގަދަ އެއް ޝޯއަށް ވާނެއެވެ.

މަސްދަރު: އަދިވެސް އޮންލައިން ނިއުސް

ޚަބަރާ ގުޅޭ ފޮޓޯތައް: އަދިވެސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މިއަހަރު ކުރިއަށް ގެންދިޔަ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާތައް ދޫކުރަން ފަށައިފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ...

ކޮރަލް ފެސްޓިވަލްއަށް ނަޝީދު އައްޑުއަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބުދަދުވަހުގެ ރޭގެ ވަގުތެއްގައި އައްޑުއަށް ވަޑައިގެންފިއެވެ. ނަޝީދު އައްޑުއަށް ވަޑައިގެންފައިވަނީ މޯލްޑިވްސް ...