ބާބާ ކަޕްގެ ޗެމްޕިއަންކަން އެފްސީ ފަންނަތާ ހޯދައިފި

ފައިނަލުގައި  އެފްސީ ހެޓޭ ބަލިކޮށް ބާބާ ކަޕްގެ ޗެމްޕިއަންކަން އެފްސީ ފަންނަތާ ހޯދައިފި އެވެ.

ހުޅުދޫގެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި އެފްސީ ހެޓޭގެ މައްޗަށް އެފްސީ ފަންނަތާ ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލްމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ މެޗުފެށިގެން މާގިނައިރުތަކެއްނުވެ ފަންނަތާގެ ބިންޔާމީނެވެ. އަދި ފުރަތަމަ ހާފް ނިމިގެންދިޔައީވެސް 1-0 އިން ފަންނަތާ ކުރިހޯދައިގެންނެވެ.

 ދެވަނަ ހާފްގެ ކުޅުން ފެށިގެން އެފްސީ ހެޓޭޓީމުން ކުރިއަށް ޖެހި ލަނޑެއް ކާމިޔާބުކުރެވޭތޯ މަސައްކަތް ކުރަމުންދަނިކޮށް ފަންނަތާޓީމުންވަނީ އެޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.  މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޒުލީމެވެ.

މިލަނޑު ފަންނަތާއިން ކާމިޔާބުކުރިތާ މާގިނައިރުތަކެއް ނުވެ ހެޓޭޓީމުން މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. މިލަނޑަކީ  ފަންނަތާޓީމްގެ ގޯލް ބަލަހައްޓަމުން ދިޔަ ޝިޔާޒު ކައްސާލައިގެން ވެއްޓުމުން ލިބުނު ފުރުސަތެއްގައި ހެޓޭޓީމުގެ މީސަމް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި މަޤާމްތަކަށް ހޮވުނު ކުޅުންތެރިންނަށާއި މުބާރާތަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ޓްރޮފީއާއި ސެޓްފިކެޓެކް އަދި ފައިސާގެ އިނާމު ހަވާލް ކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައި ވެއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޗެމްޕިއަންޓީމަކަށް ހޮވުނު އެފްސީ ފަންނަތާގެ ޝިޔާޒެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ  އެފްސީ ހެޓޭގެ މީސަމް ، އެފްސީ ފަންނަތާގެ އާޠިފް ، އެފްސީ ރަންބިހާގެ އަޒާން އާއި އެޓީމުގެ ޖައިޝަމް އަދި އެފްސީ ހެޓޭގެ ޒާހިލް އެވެ.

ބާބާ ކަޕްގެ އެންމެ މޮޅު 5 ކުޅުންތެރީންނާއި ފައިނަލްމެޗް ޝަރަފްވެރިކޮށްދެއްވި ބޭފުޅުން

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީ  އެފްސީ ހެޓޭގެ މީސަމްއެވެ.

މިމުބާރާތުގެ ޗެމްޕިއަންޓީމަށް ހުށަހަޅާފައިވާ  އިނާމާއި ޓްރޮފީ އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހުޅުދޫ ކައުންސިލަރު  ފައިޒުއެވެ.

ރަނައަޕްޓީމަށް ހުށަހަޅާ ފައިވާ ފައިސާގެ އިނާމާއި ސެޓްފިކްޓް ހަވާލްކޮށްދެއްވީ މަދީހާއެވެ. އަދި އެހެނިހެން މަގާމްތަކަށް ހޮވުނު ކުޅުންތެރީންނަށް ފައިސާގެ އިނާމާއި ސެޓްފިކެޓް ހަވާކޮށްދެއްވީ ދައުވަތު ދެއްވައިގެން ވަޑައިގެންނެވި ބޭފުޅުންނެވެ.

މިމުބާރާތަކަކީ މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހުޅުދޫ ޒުވާނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މިމުބާރާތުގައި ހުޅުދޫގެ ފަސްޓީމަކުން ބައިވެރިވެފައިވެއެވެ.

ބާބާ ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ: މީސަމް
ބާބާ ކަޕްގެ އެންމެ މޮޅު 5 ކުޅުންެތެރީންގެ ތެރޭގައި ހިމެނުނު ޖައިޝަމް
ބާބާ ކަޕްގެ އެންމެ މޮޅު 5 ކުޅުންތެރީންގެ ތެރޭގައި ހިމެނުނު އާތިކު
ބާބާ ކަޕްގެ އެންމެރ މޮޅު 5 ކުޅުންތެރީންގެ ތެރޭގައި ހިމެނުނު އަޒާން
ބާބާ ކަޕްގެ އެންމެ މޮޅު 5 ކުޅުންތެރީންގެ ތެރޭގައި ހިމެނުނު ޒާހިލް
ބާބާ ކަޕްގެ ޗެމްޕިއަންޓީމް: އެފްސީ ފަންނަތާ
ފައިނަލްމެޗްގެ މޮޅު ކުޅުންތެރިޔާ: ޝިޔާޒް
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއީސީ ބަދަހިކަޕް – އެސްޓީއޯ 164 ހާޒިރު ނުވުމުން މެޗް ހުދުހުދަށް

ހުޅުމީދޫގައި ހިންގަމުންދާ މުވައްސަސާތަކަށް ހުޅުވާލައިގެން މީދޫ އެކުވެރިންގެ ޗޭނު ޖަމްމިއްޔާއިން އިސްނަގައިގެން ” އެމްއީސީ ބަދެހިކަޕް” ގެ ނަމުގައި ...

މަރަދޫއެފްސީން ފަހަތުންއަރާ މަލްޓިޖީނިއަސް ބަލިކޮށްފި

މިނިވަންކަޕް 2017 ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅެވުނުމެޗް މަރަދޫ އެފްސީ ކާމިޔާބުކޮށްފިއެވެ. މަރަދޫ އެފްސީ މިމެޗް ކާމިޔާބުކޮށްފައިވަނީ ...

ގަލަޓަސަރާއީއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވެއްޖެ

ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ގަލަޓަސަރާއީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެ އެވެ. ...