ގަލަޓަސަރާއީއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވެއްޖެ

ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ގަލަޓަސަރާއީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެ އެވެ.

ރޭ ކުޅެވުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޔުނައިޓެޑުންނެވެ.އެއީ މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ރަސްމުސް ހޮލުންޑް ކާމިޔާބުކޮށް ދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ރަޝްފޯޑު ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ނަމަވެސް އޭގެ ހަ މިނެޓު ފަހުން ގަލަޓަސަރާއީ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެއީ އެޓީމްގެ ޑެވިންސަން ސަންޗޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިލްފްރެޑްޒަހާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

 ފުރަތަމަ ހާފު ދެ ޓީމު އެއްވަރުގައި އޮވެ ނިންމާލި ނަމަވެސް، ދެ ވަނަ ހާފުގައި ޔުނަައިޓެޑުން ލަނޑު ޖަހައި ދެ ވަނަ ފަހަރަށް ކުރި ހޯދި އެވެ. އެއީމެޗުގެ 67 ވަނަ މިނެޓުގައި ހޮލުންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން، ދެ ވަނަ ފަހަރަށް ގަލަޓަސަރާއީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކަރީމް އަކްތޫރްކޮގްލޫ އެވެ. އެއީ ބުރާކް ޔިލްމަޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑުންނެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ވެފައި ވަނިކޮށް، ޔުނައިޓެޑަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ ކަސެމީރޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. ދެ ވަނަ ރީނދޫ ކާޑާއެކު އޭނާ އަށް ރަތް ކާޑު ދެއްކީ 77 ވަނަ މިނެޓުގަ އެވެ. ދިހަ ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ޔުނައިޓެޑު ކޮޅަށް ގަލަޓަސަރާއީ އިން ތިން ވަނަ ލަނޑު ޖެހީ 81 ވަނަ މިނެޓުގަ އެވެ. ސަންޗޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ އާޖެންޓީނާގެ މައުރޯ އިކާޑީ އެވެ.

މިމޮޅާއެކު ގަލަޓަސަރާއީ ވަނީ ގްރޫޕް އޭގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ބައްޔާއެކު ޔުނައިޓެޑު ވަނީ ގްރޫޕްގެ ފުލަށް ސޮއްސާލައިފަ އެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އެ ޓީމަށް އެންމެ ޕޮއިންޓެއް ވެސް ލިބިފައެއް ނުވެ އެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް: ރާއްޖެ އަށް ހަތަރު ރަން މެޑަލް

13 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން ހަތަރު ރަން މެޑަލް އާއި ތިން ...

ރަސްރަނި ނެޓްބޯޅަ ޗެލެންޖް –ޝިފްނާގެ މޮޅު ކުޅުމާއެކު ހެލްތު ސެންޓަރުން މިފްކޯ ބަލިކޮށްފި

ހުޅުދޫގައި މިހާރު ފެށިގެން ކުރިއަށް ގެންދާ” އައްޑޫސިޓީ ރަސްރަނި ނެޓްބޯޅަ ޗެލެންޖް 2022″ ނެޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅެވުނު ...

ވޯލްޑިވްސް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރީގެ ގައުމީ ސެޓަރު މުހައްމަދު ރަނޭޝް ހޮވިއްޖެއެ

ވޯލްޑިވްސް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރީގެ ގައުމީ ސެޓަރު މުހައްމަދު ރަނޭޝް ހޮވިއްޖެއެވެ. މައްސަލަ ބޮޑުވެފައިވާ ވީއޭއެމްގެ ...