އައްޑޫ ސިޓީ ހިތަދޫގެ އިއްޔެ 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހުންނަކީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހުންނެވެ. ދެން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކުރީން ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވެކަރަންޓީނުގައި ތިބި މީހުންނެވެ. .

ހިތަދޫ އިން އިއްޔެ ފްލޫ ކުލިނިކަށް ދެއްކި ބަޔަކު ޕޮޒިޓިވް ވެފައި މިވަނީ، ބަލީގެ ހާލަތު ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވުމާ ގުޅިގެން ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވަނިކޮށެވެ.

ހިތަދުއަށް ދެވުނު ލުއިތަކުގެ ތެރޭގައި ކާފިއު ގަޑި ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ބަދަލު ކުރުމާއި، ޖަމާއަތް ނުހަދާ ނަމާދުކުރުމަށް މިސްކިތްތައް ހުޅުވާލުން ހިމެނެއެވެ

ހިތަދޫ ފިޔަވައި ދެން ކޮވިޑްގެ އެކްޓިވް ކޭސްތައް އުޅެނީ މަރަދޫގައެވެ. މަރަދޫގައި ކޮވިޑްގެ 7 ކޭސް އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން އިއްޔެ ހާމަކޮށްފައިވާ ރިޕޯޓްގައި ހާމަކޮށްފައިވެއެވެ. މަރަދޫ ގައި ތިބި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބިދޭސީން ވެސް ހިމެނެއެވެ.

ހިތަދޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ހިތަދޫގައި މިހާރު އެކްޓިވް ކޭސްގެ ގޮތުގައިވަނީ 52 ކޭސްއެވެ.

އައްޑުއަތޮޅުގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިން ނަމަވެސް މާސްކު އެޅުމާއި، ގައިދުރުކަމަށް އިސްކަންދިނުން ފަދަ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޮޑެތި ތުހުމަތުތަކާއެކު ހދ ގެ އިސް މެނިޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

ބޮޑެތި ތުހުމަތުތަކާއި އެކު ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑް ކޮށްފި އެވެ. މައުސޫމާ ...

ރައީސް ސޯލިހް މިނިސްޓަރު ޝިދާތާ މަގާމުން ދުރުކުރަންޖެހޭ – މީކާއީލް

ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާކަން ޖެންޑާ މިނިސްޓްރީއަށް އެނގިތިބެ، ހިޝާންއަށް އޮނަރަރީ ...

އައްޑޫ އީދު ފެސްޓިވަލް 2022: އައްޑޫ ޓްރެއިލާ ރަން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ އައްޑޫ އީދު ފެސްޓީވަލް 2022 ގައި ހިމެނިގެން މީދޫގައި މިއަދު ހަވީރު ...