ރައީސް ސޯލިހް މިނިސްޓަރު ޝިދާތާ މަގާމުން ދުރުކުރަންޖެހޭ – މީކާއީލް

advertisement

ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާކަން ޖެންޑާ މިނިސްޓްރީއަށް އެނގިތިބެ، ހިޝާންއަށް އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު  މަގާމާއި ގައުމީ އިނާމުތައް ދީފައިވާ މައްސަލައިގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިސްތިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ގޮވާލައްވައިފިއެވެ.

މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ޖެންޑާގެ އިހުމާލު ބެލުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ދުނިޔޭގެ ލަދަށް ނަމަވެސް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދޭންޖެހޭ ކަމަށް ގަބޫލް ކުރައްވާކަމަށެވެ.  މީކާއިލް އިތުރަށް ވިދާޅުވެފައިވަނީ ރައީސް ސޯލިހް މިނިސްޓަރު ޝިދާތާ މަގާމުން ދުރުކުރަންޖެހޭ ކަމަށާއި އަދި އެކަން ނުކުރާނަމަ މަޖިލީހުން މިނިސްޓަރު ޝިދާތާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ފަހަތައް ނުޖެހޭނެ ކަމަށެވެ.

މި މައްސަލާގައި އިތުރަށް ބަހުސް ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲވެސް ވަނީ މިނިސްޓަރު ސިދާތާގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ. އިވާ ވިދާޅުވީ، ޖެންޑާ މިނިސްޓަރަށް މަޤާމުގެ މައްސޫލިޔަތު އަދާނުކުރެވުނު ކަމަށާއި އިހުމާލަކަށް ފަހު އިހުމާލެއް ހިނގަމުން އަންނައިރު، ޖެންޑާ މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ގޮވާލާ ކަމަށެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ މި މައްސަލަ މަޖިލީހުން ބެލުމަށް ފަހު މަޤާމުން ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރާނެ ކަމަށް އީވާ ވިދާޅުވިއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޫސާ ސިއްދީގުގެ މައްސަލައެއް ތަހުގީގުކުރަމުން އެބަދޭ- ހުޅުދޫ ވޮއިސް

ހުޅުދޫ އޮފީހުގެ ރަސްމީ ލިޔެކިއުންތަކަކަށް އުނިއިިތުރު ގެނައުމާ ގުޅިގެން، ހުޅުދޫ އޮފީހުގެ ޑިރެކްޓަރ މޫސާ ސިއްދީގުގެ މައްސަލައެއް ސިވިލް ...

ރައީސް ޔާމީނަށް އޮތް ތާއިދު ދައްކާލަން ހުޅުމީދޫގައި ވެހިކަލް ބުރެއް ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އައްޑުއަތޮޅު މީދޫއާއި ހުޅުދޫގައި އޮތް ...

ފަނޑިޔާރުގެއާއި މެދު ރައްޔިތުންގެ އިތުބާރު މިހާރު ލިބިއްޖެ – ހިސާން

ފަނޑިޔާރުގެތައް މިއަދު ރައްޔިތުންގެ އިތުބާރު ކުރާ ތަންތަނަށް ވެފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސާ ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ. ...