ހޮނިހިރު ދުވަހާއި ބުދަދުވަހު ހުޅުމީދޫއާއި ފޭދުއާއި ދެމެދު ފެރީ ދަތުރުތައް ބާއްވަނީ

advertisement

ހުޅުމީދުން ކޮވިޑްގެ ކޭސްތަކެއް ފެނި އެޕްރީލް 29 ވަނަ ދުވަހު ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން ހުޅުމީދޫއާއި ފޭދުއާއި ދެމެދު ސަދަން ޓްރާންޕޯޓް ލިންކުން ކުރަމުން އައި ފެރީގެ ދަތުރުތައް އެޕްރީލް 29 ވަނަ ދުވަހުން ފެށިގެން މެދު ކަނޑާލާފައި އޮތުމަށްފަހު ދަތުރުތައް  މާދަމާ ފަށަން ހަމަޖެހިފައިވާކަމަށް ސަދަންޓްރާންސްޕޯޓް ލިންކުން ހާމަކޮށްފިއެވެ.

ސަދަންޓްރާންޕޯޓް ލިންކުން ހާމަކޮށްފައިވާގޮތުގައި އައްޑޫސިޓީ ކައުންސިލްގެ އެންގެވުމަކަށް މާދަމާ ދަތުތައްފެށިކަމުގައިވިޔަސް ދަތުރުތައް ބޭއްވުމަށް ސިޓީ ކައުންސިލުން ހުއްދަދީފައިވަނީ ހޮނިހިރު ދުވަހާއި ބުދަދުވަހު އެކަނިކަމަށެވެ.

އަދި މީގެ އިތުރަށް ހޮނިހިރު ދުވަހާއި ބުދަދުވަހު މިބޭއްވޭ ފެރީގައި ދަތުރު ކުރެވޭނީ އެސްއެސްޑީން ހުއްދަ ދެއްވާފައިވާ ފަރާތްތަކަށްކަމަށްވެސް ސަދަންޓްރާންޕޯޓް ލިންކުން ހާމަކޮށްފައިވެއެވެ.

ހުޅުމީދޫއާއި ފޭދުއާއި ދެމެދު ދެމަސްދުވަހަށް ވުރެ ގިނަދުވަހު  ފެރީގެ ދަތުރުތައް މެދު ކަނޑާލާފައި އޮތަސް ޒަރޫރީ ބޭނުންތަކުގައި އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށަށް ހުޅުމީދޫން ދާންޖެހޭ މީހުން އެސްއެސްޑީގެ ހުއްދަ ހޯދައިގެން ލޯންޗް ކުށްޔަށް ހިފައިގެން ދަތުރު ކުރަމުންގޮސްފައިވެއެވެ. އަދި މީގެ އިތުރަށް އާއްމުކޮށް މީހުންނަށް ދަތުރު ނުކުރެވުނުކަމުގައި ވިޔަސް ހިތަދޫ ބޮނިޓޯގެ ފަރާތުން ހިތަދުން ހުޅުމީދުއަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ކާގޯ ފެރީގެ ނަމުގައި ދަތުރުތައް ބާއްވަމުން ގޮސްފައިވެއެވެ.

ސަދަންޓްރާންޕޯޓް ލިންކުން ހާމަކޮށްފައިވާގޮތުގައި ހޮނިހިރު ، ބުދަ މިދެދުވަހު ބޭއްވޭ ދަތުރުތަކުގައި ފެރީ ހުޅުމީދޫން ފުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ގައެވެ. އަދި މިދެދުވަހު ފޭދުން ފެރީ ފުރުމަށް ހަމަޖެހިފައިވަނީ 14:00 ގައެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ބެލުމުގެ ދަށުން  މިހާރު އައްޑޫސިޓީއާއި ފުވައްމުލަށް ސިޓީގައި ކުރަމުންދާ ޓްރާންޕޯޓްސްގެ ޚިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ހަލުއިކަމާއެކު ކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަރުވެފައި އޮއްވާ ފެނުނީ ފުޓުބޯޅަ ކުޅުންތެރިޔާ އިބްރާހިމް ރިޒުވާން

މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އިބްރާހިމް ރިޒުވާން (ބަގޭ) ކަން ...

ބަދަހިކަޕް: ވެމްކޯ ޕޮލިސް ބައްދަލުކުރާ މެޗް – މިމުބާރާތުގައި ކުޅެވޭ އެންމެ ފޯރިގަދަ ވާދަވެރި މެޗް

ބަދަހިކަޕް ނެޓްބޯޅަ މުބާރާތުގައި މިރޭ އޮންނަ ފުރަތަމަ މެޗަކީ ފޯރިގަދަ މަރުގެ މެޗަކަށް ވެގެންދާއިރު  ނެޓްބޯޅައަށް ލޯބިކުރާ ގިނަ ...

ސަރުކާރު އޮފީސްތަކުގެ ހަރަދު ކުޑަ ކުރަން ފިޔަވަޅުތައް އެޅުމަށް އަންގައިފި

ސަރުކާރު އޮފީސްތަކުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ކޮންމެ އޮފީހަކަށް ވެސް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ރައީސް ...