ޔޫރޯ 2020 : ގްރޫޕްގެ އެފް ގެ 3 ވަނަ ޓީމަކަށް ހޮވި ޕޯޗްގަލްވެސް ގަދަ 16 އަށް

advertisement

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސާއި އެއްވަރުވެ ގްރޫޕް އެފްގެ ތިންވަ ޓީމަކަށް ޕޯޗްގަލް ހޮވި އެޓީމުވެސް ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާގައި ކުޅުނު މިމެޗު އެއްވަރުވެފައިވަނީ ދެލަނޑު ދެލަނޑުންނެވެ.   

މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޕޯޗުގަލް އިންނެވެ. އެޓީމަށް ލިބުނު ޕެނަލްޓީއަކުން ފުރަތަަމަ ހާފުގެ 30 ވަނަ މިނެޓުގައި މި ލަނޑު ޕޯޗުގަލް އަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މެޗުގެ ނަތީޖާ ފްރާންސް އިން ހަމަހަމަ ކުރީ ފުރަތަމަ ހާފުގެ ފުރިހަމަވަގުތު ހަމަވެ އިތުރުވަގުތުގެ ދެވަނަ މިނެޓުގެ ތެރޭގައެވެ. މިއީ ފްރާންސްގެ ކިލިއަން އެމްބާޕޭ އަށް ޕޯޗުގަލްގެ ނެލްސަން ސެމެޑޯ ޕެނަލްޓީ އޭރިއާތެރެއިން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން ކަރިމް ބެންޒެމާ ކާމިޔާބުކުރި ލަނޑެކެވެ.

ޕޯޗްގަލް ގެ ފުރަތަމަ ޕެނަލްޓީ ރެފްރީ ދެއްވާފައިވަނީ ފްރާންސްގެ ކީޕަރު ފައުލްކޮށްގެންކަމަށް ބަލައި ގެން

މިމެޗްގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މެޗްގެ ވަރަށް ކުރީކޮޅު ފްރާންސް އިންވަނީ އިތުރު ލަނޑެއް ޖަހާ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. ދެވަނަ ހާފްގެ ދެވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ބެންޒެމާ އެވެ.

ޕޯޗުގަލް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ ރޮނާލްޑޯ ނަގައިދިން ހުރަހެއް އޭރިއާ ތެރޭގައި ހުރި ފްރާންސްގެ ކޫންޑޭގެ އަތުގައި ޖެހުމުން ރެފްރީ ދެއްވި  ޕެނަލްޓީއެކެވެ

މިމެޗް ނިމިގެން ދިޔައީ އިތުރު ލަނޑެއް ދެޓީމުންކުރެ ޓީމަކަށް ކާމިޔާބު ނުކުރެވި ދެލަނޑު ދެނލަޑުން ދެޓީމް އެއްވަރުވެގެންނެވެ.

މިނަތީޖާ އާއިއެކު ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރާނީ ފްރާންސް އެވެ. އެއީ ތިންމެޗުން 5 ޕޮއިންޓް ލިބިގެންނެވެ. މި ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ޖަރުމަނުން ދެވަނަ ބުރުން ޖާގަލިބުނީ އެޓީމަށް ތިން މެޗުން ލިބުނު 4 ޕޮއިންޓާއެކުގައެވެ. ތިންވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ހޮވުނު އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް އަށްވެސް ލިބެނީ 4 ޕޮއިންޓެވެ. ޕޯޗުގަލްގެ މައްޗަށް ޖަރުމަނަށް ކުރި ލިބެނީ ހެޑް-ޓު-ހެޑް ނަތީޖާއިންނެވެ.

ގަދަ 16 ގެ މެޗްތައް ކުޅެން ހަމަޖެހިފައިވާގޮތް
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކެލާ އިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ކެލާ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓީވް ވެއްޖެއެވެ. ‘ބައެއް މީޑިއާތަކަށް  މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ...

ރައީސްގެ ހިތްވަރާއި، ދެއްކި މިސާލަށް ރައީސް ނަޝީދުގެ ތަޢުރީފް !

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ހިތްވަރާއި ދެއްކެވި ސާބިތުކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ...

އަތޮޅުތެރެ އާއި މާލޭގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށް ވެމްކޯއިން 5 ކޮޅުވެއްޓި ގެނެސްފި

އަތޮޅުތެރެ އާއި މާލޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ވެމްކޯއިން 5 ކޮޅުވެއްޓި ގެނެސްފިއެވެ. އެ ގޮތުން ގެނެސްފައިވަނީ ...