މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ : 60 ދިވެހިން އަދި 68 ބިދޭސީން

ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވުވެފައިވަނީ ޖުމްލަ 128 މީހުން ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މި 128 މީހުންގެ މައުލޫމާތު ހާމަކުރަމުން ވިދާޅުވީ، މީގެތެރޭގައި ހިމެނެނީ 60 ދިވެހިންނާއި އަދި 68 ބިދޭސީން ކަމަށެވެ.

ރާއްޖެއިން 128 މީހުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު ސާމްޕަލް ނަގައި ޓެސްޓުކުރި މީހުންގެ ތެރެއިން 5070 މީހުންވަނީ ނެގެޓިވުވެފައެވެ. ޕޮޒިޓިވުވި 128 މީހުންގެތެރެއިން 16 މީހަކު މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އައިސޮލޭޝަންގައި މިހާރު 160 މީހުން ތިބިއިރު ކަރަންޓީނުގައި 1،329 މީހުން އެބަތިއްބެވެ. ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން މުއްދަތު ފުރިހަމަވެގެން އިއްޔެ 14 މީހުން ދޫކޮށްލައިފައި ވާއިރު ކޮންޓެކްޓް ޓްރޭސިންގެ ދަށުން މިހާތަނަށް ވަނީ 259 ބިލްޑިންގު މޮނިޓަރިންނަށް ލައިފައެވެ.

އޭޕްރީލް 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 ފެނުނު ފަހުން މާލެއިން ކޮވިޑް-19 އަށް ގިނަބަޔަކު އަންނަނީ ޕޮޒިޓިވުވަމުންނެވެ. މިގޮތުން މިމަހުގެ 23 ވަނަ ދުވަހުވެސް 23 މީހަކު އަދި މިމަހުގެ 24 ވަނަ ދުވަހު (އިއްޔެ ) 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމީ ޓާސްކް ފޯސްއެއް އުފައްދެވުމަށް ރައީސް ނިންމަވައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެ، އާންމު ހާލަތަށް ރުޖޫއަވުމަށާއި އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު އާރާސްތު ކުރުމަށް ގައުމީ ...

މިއަދު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވީ ދެމީހުން

އިތުރު ދެމީހަކު ހުޅުދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުންނަކީ ކުރީން ...

ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހުނާއި ކުޑަކުދީންނާ ބައްދަލުކުރަންވާނީ ރަގަޅަށް ފެންވަރާ އަތްދޮވެގެން – ޑރ. އަފަޒަލް

ގެއިން ބޭރުގައި އުޅެފައި ގެއަށް އަންނަ މީހުން ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީންނާއި ބައްދަލުކުރަންވާނީ ރަގަޅަށް ...