މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ނަރީޝް އިންތިޚާބު ކޮށްފި

advertisement

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާފަންނު މެދުދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް އިންތިޚާބު ކޮށްފިއެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް މާލޭގެ ޑެޕިއުޓީ މޭޔަރު މިއަދު ހޮވާފައި ވަނީ ކައުންސިލް މެމްބަރުންގެ ސިއްރު ވޯޓުންނެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އިންތިޚާބުކުރަން މާލެ ސިޓީގެ ކައުންސިލަރުންގެ މެދުގައި ބޭއްވި އިންތިހާބު ނަރީޝް ކާމިޔާބު ކުރެއްވީ، އެމްޑީޕީގެ ފަރާތުން ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރެއްވި މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރ އަޙްމަދު ޒަމީރު އާއި ވާދަކޮށް 12 ވޯޓު 7 ވޯޓުންނެވެ. މާލޭ ސިޓީ ކައުންސިލްގައި ޕީޕީއެމްގެ 13 ކައުންސިލަރުން ތިއްބަވާއިރު ޕީޕީއެމްގެ އެއް ކައުންސިލަރަކު ވަނީ ޕާޓީގެ ނިންމުމާ ޚިލާފަށް ޒަމީރަށް ވޯޓު ދެއްވާފައެވެ

ލޭ ސިޓީ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ 6 ކައުންސިލަރުންނާއި ޕީޕީއެމްގެ 13 ކައުންސިލަރުންނެވެ. ނަރީޝް ޑެޕިއުޓީ މޭޔަރުކަމަށް އިންތިޚާބުވުމާ ގުޅިގެން މާލޭސިޓީގެ މޭޔަރ ޑރ. މުޢިއްޒު ވަނީ އޭނާއަށް މަރުޙަބާ ދަންނަވާފައެވެ. ޑެޕިއުޓީ މޭޔަރުންނަށް މުސާރައާއި އެލަވަންސްގެ ގޮތުގައި 35,000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދަނގެތީގައި މީހަކު މަރާލުމަށްފަހު ވަޅަކަށް އެއްލާލާފައި އޮއްވައި ފެނިއްޖެ

އދ.ދަނގެތީގައި މީހަކު މަރާލުމަށް ފަހު ގޯންޏަކަށްލައި ވަޅަކަށް އެއްލާލާފައި އޮއްވައި ފެނިއްޖެއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެ ...

މީދޫ ބޮޑުމަގުގެ ކޯގަންނު ސަރަހައްދުގައި ތާރުއަޅައި ނިންމައިފި

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ އަލިވާގޭ ކުރިމަތިން ފަށައިގެން ކޯގަންނު ގަބުރުސްތާނުގެ އުތުރުފަރާތާއި ހަމައަށް މީދޫ ...

މީދުން އިތުރު 6 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް 19 އަށް މީދުން  އިތުރު 6 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މީދުން ޕޮޒިޓިވްވި 6 ...