ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކެވިން ޑިބުރެއިނާ އަށް ލިބުން އަނިޔާ އަށް މާފަށް އެދޭކަމަށް ޗެލްސީގެ ޑިފެންޑަރ އެންޓޯނިޔާ ރުޑިގާރ ބުނެފިއެވެ.
ރުޖިގާރ ކުރި ޓްވީޓްގައި އެއީ އެއްވެސް ހާލެއްގައި އޭނާ ގަސްތުގައި ކުރި ކަމެއް ނޫންކަމަށާއި ޑިބުރެއިނާގެ ހާލު ކައިރިން ބަލަމުންދާކަމަށާއި އަވަސް ޝިފާ އަކަށް އެދޭ ކަމަށް ވަނީ ބުނެފައެވެ.
ދެ މީހުން ޖެހި ހިނގި ކޮލިޝަންގައި ޑިބުރެއިނާ ގެ މޫނުމައްޗަށް އަނިޔާވެފައިވާއިރު ލޯމަތި ފަޅައިން ގޮސް ނޭފަތުގެ ކަށިގަނޑުގައި ރެނދު ލައިފާވާކަމަށް މައުލޫމާތު ލިބެއެވެ. މި އިންޖަރީ އާއި ގުޅިގެން ޑި ބުރެއިނާ ދަނޑުން ފައިބާފައި ވާއިރު މުބާރާތުގެ ފައިނަލުގައި ރެފްރީގެ ފަރާތުން ވަރަށް ތަފާތު ގޮތަކަށް ރުޖިގާރ އަށް މި ފައުލް އާއި ގުޅިގެން ކާޑު ދެއްކިތަން ވަނީ ފެނިފައެވެ.
ރެފްރީގެ އަތުގަ ހިފާ ރުޖިގަރ ކޮޅަށް ހަމަ ނެގުމާއި އެކު ރީދޫ ކާނޑެއް ވަނީ ދައްކާފައެވެ
ކޮމެންޓްސް (0)