ކޮވިޑް 19 : މީދޫއާއި ހުޅުދުން އިތުރު 33 މީހަކު ޕޮޒިޓިވްވެއްޖެ

މީދޫއާއި ހުޅުދުން އިތުރު 33 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން މިމަހުގެ 21 ވަނަ ދުވަހާއި 22 ވަނަ ދުވަހުގެ ތަފްސީލްތައް ރޭ އާއްމުކޮށްފައިވާއިރު ފާއިތުވި ދެދުވަހު މީދުން 24 މީހުން އަދި ހުޅުދުން 9 މީހަކު ކޮވިޑް 19 އަށް ވަނީ ޕޮޒޓިވް ވެފައެވެ. އެހެންކަމުން މީދޫއާއި ހުޅުދޫގައި މިވަގުތު ކޮވިޑްއަށް ޕޮޒިޓިވްވެފައިވާ 166 މީހުން އެބަތިއްބެވެ.

އައްޑޫސިޓީ އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން މިމަހުގެ 22 ވަނަ ދުވަހު ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު އައްޑޫގެ ރަށްރަށުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް އަދިވެސް އުޅެނީ ހިތަދޫގައެވެ . އެގޮތުން ހިތަދޫގައި ކޮވިޑްގެ 275 ކޭސް އުޅޭއިރު، މަރަދޫގައި 29 ކޭސް، ފޭދޫގައި 156 ކޭސް، މަރަދޫފޭދޫގައި 26 ކޭސް އަދި މީދޫގައި 111 ކޭސް ، ހުޅުދޫގައި 55 ކޭސް  ، ރިސޯޓާއި އެހެނިހެންތަންތަނުން 17 ކޭސް އަދި އެހެނިހެން ތަންތަނުން 2 ކޭސް އުޅޭކަމަށް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.

ކޮވިޑްގެ ތަފާތު ކުލަސްޓާތަކެއް އުފެދި މި ވަގުތު އައްޑޫސިޓީގައި  ބަލި ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ބަލި އިތުރަށް ނުފެތުރޭނެހެން  ބަލައިގެން އުޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިއުތިމާސްކުރަމުންނެވެ.  

 ހާއްސަކޮށް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކަރަންޓީނު އުސޫލަށް ފުރިހަމައަށް އަމަލުކުރުމާއި މާސްކް އެޅުމާއެކު ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން އަދި ގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ. އަދި މީގެ އިތުރަށް ބަލި ކޮންޓްރޯލް ކުރުމަށް ކޮންޓެކްޓްރޭސިން ތެދުމައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުމަކީވެސް ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ބަލައިގެން އެކަން ކަމާބެހޭފަރާތްތަކަށް ރިޕޯޓް ކުރުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ސޯލިހު ކެބިނެޓް އިއުލާން ކުރައްވައިފި

ރަޢީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓް އެކުލަވާލައި، ވަޒީރުން ހުވާ ކުރައްވައިފިއެވެ. ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވި ރައީސް ...

ފައިޒާ ވެކްސިން ދޭނެ މީހުން ކަނޑައަޅައިފި

އެމެރިކާ ސަރުކާރުން ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ރާއްޖެއަށް ހަދިޔާކުރި ފައިޒާ ވެކްސިން ދޭނެ މީހުން އެޗްޕީއޭއިން ކަނޑައަޅައިފިއެވެ. ހެލްތު ...

ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް އެދިފައިވާތީ، ޝަރީއަތް ނިމެންދެން ...