ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އަށް ފަންޑު ކުރި މީހުން ކޮބައިތޯ ވިދާޅުވެ އެމަނިކުފާނު ސުވާލު އުފައްދަވައިފިއެވެ.
ރައީސް ނަޝީދުގެ ނުރަސްމީ ޓްވީޓާ އެކައުންޓު “އެލެކްސް” އިން ކުރެއްވި ޓްވީޓެއްގައި ވަނީ ފަންޑުކުރި މީހުން ހޯދުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ނުވަތަ ފުލުހުންނާއި ސިފައިން ގާތު އެހުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ.
“ކޮބާ ހޭ ފަންޑުކުރި މީހާ. އޭނާ [ފަންޑުކުރި މީހާ] ހޯދަން އަނެއްކާވެސް އެމްއެމްއޭ، ފުލުހުން ނުވަތަ އެމްއެންޑީއެފް ގާތުގައި އެހުން އެއީ ބުއްދިވެރި ގޮތެއް ނޫން،” އެ ޓްވީޓުގައިވެއެވެ.
ރައީސް ނަޝީދަށް ހަމަލާ ދިނީ މި މަހުގެ ހަވަނަ ދުވަހުއެވެ. ރައީސް ނަޝީދަށް ފަރުވާ ދިން އޭޑީކޭ ހޮސްޕިޓަލް އިން ބުނީ ނަޝީދުގެ ފުއްޕާމެ ފޫއަޅައިގެން ގޮސްފައި ހުރި ކަމަށެވެ. އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރ ޑރ. ނިޔާފް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ ދަގަނޑު އެތިކޮޅުތަކާއި އިތުރު އެހެން އެޗެއްހިތަކެއް ވެސް އަރާފައި ހުރި ކަމަށެވެ.
އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ އެއް ސެންޓިމީޓަރު މައްޗަށް ޖެހުނު ނަމަވެސް ހިތަށް އަރާނެ އެއްޗެއް، ރިބް ފުނޑިގެން ގޮސް، ލަންގަށް ވެސް އެތިއެތި ކޮޅު އެޅިފަ ހުރި ކަމަށެވެ. އިތުރު ފަރުވާ އަށް އެމަނިކުފާނު ގެންދަވަނީ ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންނެވެ.
މި ހަލަމާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެއް މީހަކީ މުޖާޒު އަހުމަދު ނަމަކަށް ކިޔާ މީހެކެވެ. މއ. ފޭރުގެ އަށް ނިސްބަތްވާ މުޖާޒަކީ 21 އަހަރުގެ މީހެކެވެ. ދެވަނަ އަށް ހައްޔަރުކުރި މީހަކީ ތަހުމީން އަހުމަދު ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ ގއ. ކޮނޑޭ، ފޮޅޭމާގެ އަށް ނިސްބަތްވާ 32 އަހަރުގެ މީހެކެވެ.
ތިންވަނަ އަށް ހައްޔަރުކުރީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމްއެވެ. އޭނާ އަކީ މި ހަމަލާ ދިނުމުގެ މޭސްތިރި ކަމަށް ބެލެވެއެވެ.
ކޮމެންޓްސް (0)