އައްޑޫގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފި

advertisement

އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އަދި މީ ޓެރަރިޒަމާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްކަމަށްވެސް މައުލޫތުލިބިފައިވެއެވެ.

މި އޮޕަރޭޝަނާއި ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް ސަލާމަތީ ބާރުތަކުން އަދި ހާމަކޮށްފައެެއްނުވެއެވެ.

މިމަހުގެ 6 ވަނަދުވަހު ނުރައްކާތެރި އެއްޗެއް ގޮއްވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން ގެންދަނީ ހަތިޔާރާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ގައިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ދަނިކޮށް ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. މި ހާދިސާއާއި ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސްވަނީ ޖަހާފައެވެ. ރޭޒާރ ފުއްތަކާއި އެހެނިހެން ނުރައްކާތެރި މައުދަންތައް ބޭނުންކޮށްގެން ގޮއްވާލި ބޮމަކީ ރާއްޖޭގައި މިހާތަނަށް ހިނގި މިފަދަަ ހާދިސާތަކުގައި ގޮއްވާލި އެންމެ ނުރައްކާތެރި އެތިކަން ސަލާމަތީ ބާރުތަކުން ވިދާޅުވެއެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާއަށް މިދިޔަ ފިތުރު އީދުދުވަހު ވަނީ ޖަރުމަނަށް ފުރާވަޑައިގެންފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިވަގުތަކީ އެއްވެސް ބޭފުޅަކު ރޮޒެއިނާ ނުވަތަ އެމްޑީޕީއާއި ދުރަށްދާންވީ ވަގުތެއްނޫން

މިވަގުތަކީ އެއްވެސް ބޭފުޅަކު މިދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ރޮޒެއިނާ އާދަމްއާއި ނުވަތަ  އެމްޑީޕީއާއި ދުރަށްދާންވީ ވަގުތެއްނޫނެވެ . މިވަގުތަކީ ...

ހުޅުމީދޫ ސިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަން 3 މަސްދުވަހުގެ ތެރޭގައި ފުރިހަމަކޮށްދޭނަން- މިނިސްޓަރ

އައްޑޫ ސިޓީ ހުޅުމީދޫ ސިއްޙީ މަރުކަޒުންދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި ...

ކަނޑާ ވައްޓާލި ފެންފޯއް ރުކެއް މަގުން ސައިކަލް ދުއްވާފައިދިޔަ މީހެއްގެ ގައިގައި ޖެހި އަނިޔާތަކެއް ލިބިއްޖެ

ކަނޑާ ވައްޓާލި ފެންފޯއް ރުކެއް މަގުން ސައިކަލް ދުއްވާފައިދިޔަ މީހެއްގެ ގައިގައި ޖެހި އަނިޔާތަކެއް ލިބިއްޖެ މީދޫ ދެށިނާ ...