ބީއެމްއެލް މަނަދޫ ބްރާންޗްގެ ފުރާޅުން ބޮޑުބައެއް ވަޔާ އެއްލައިލައިފި

advertisement

މިއަދު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ބާރުވަޔާއެކު އައި ކޮޅިގަނޑެއްގައި ނ.މަނަދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް މަނަދޫ ބްރާންޗްގެ އިމާރާތުގެ ފުރާޅުން ބޮޑުބައެއް ވަޔާ އެއްލައިލައިފިއެވެ.

މިއަދު ހެނދު 8:15 ހާއިރު ހިނގި މިހާދިސާގައި ބޭންކްގެ އިމާރާތުގެ ބޮޑުބަޔަކުން ޓިނުތައް ވަޔާ އުކާލުމާއި ގުޅިގެން ސީލިންގގެ ބޮޑުބައެއް ވަނީ ހަލާކުވެފައެވެ.

އަދި އިމާރާތުގެ ތެރެއަށްވެސް ވަނީ ވަރަށް ބޮޑަށް ވާރޭވެހި ބައެއް ތަކެއްޗަށް ގެއްލުން ލިބިފައެވެ.

މުޅި ރާއްޖެއަށް ކުރަމުން މިދާ ގަދަ ވިއްސާރައިގައި މަނަދޫގެ އިތުރުން އުތުރުގެ އެހެން ބައެއް ރަށްތަކަށްވެސް ބޮޑެތި ގެއްލުންތައް ވެފައެވެ. ބައެއް ރަށްރަށުގައި ގޭގޭގެ ފުރާޅު އެއްލައިލުމާއި، ގަސްގަސް ވެއްޓުން ފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށެވެ.

މަސްދަރު: ނާރެސް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގާސިމް އިބްރާހިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ކެނޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ. ...

ނަލަފެހި މީދޫއިން ހިންގާ ރުއް އިންދާ ހެއްދުމުގެ ޕްރޮގްރާމް ފަށައިފި

ޔޫއެންޑީޕީ ގްލޯބަލް އެންވައިރުމެންޓް ފެސިލިޓީގެ ދަށުން ހިންގޭ ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ އެހީ ލިބިގެން ނަލަފެހި މީދޫއިން ހިންގާ ...

އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެ އިން އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ މީގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި ...