ރައީސް ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ މަައުލޫމާތު ލިބުނު ވާހަކަ ނަޝީދުއާއި މާރިޔާއާ ހިއްސާ ކުރިން: އިލްޔާސް

advertisement

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ކޮންމިއަސް މީހެއްގެ ފަރާތުން ލިބުމާއި ގުޅިގެން އެމައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަދި ރައީސް ނަޝީދުއާ ހިއްސާ ކުރެއްވި ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިއާއާއި ހަވާލާދީ ރާއްޖެއެމްވީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި 03 މިލިއަން ޑޮލަރު ދީގެން ރައީސް ނަޝީދަށް އަަމާޒުކޮށް ހަމަލާއެއްދޭން ރާވާކަމުގެ މަޢުލޫމާތު ޢާންމު ފަރާތަކުން މެންބަރަކަށް ދިނުމާއެކު، އެ މެންބަރު މިނިސްޓަރާއި ހިއްސާކުރެއްވި ކަމަށެވެ. އެހެނަސް އެއީ ކްރެޑިބަލް އެކްޝަނަބަލް އިންޓެލިޖެންސެއް ނޫން ކަމަށާއި، އެ މަޢުލޫމާތު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށާއި، ފުުލުހުންނަށް ހިއްސާކުރަން އެދުނުކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާގެ މައުލޫމާތު އޭނާއަށް ލިބިފައިވާކަމަށް ބުނާ ވާހަކަތައް ސާފުކޮށްދިނުމަށް އިލްޔާސް ނެރުނު 14 މެއި 2021 ވަނަ ދުވަހު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ، ރައީސް ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމުގެމައުލޫމާތު ލިބުނު ކަމަށް ނަޝީދުއަށާއި، މާރިޔާއަށް ހިއްސާ ކުރީ ރައީސް ނަޝީދުގެ އިރުޝާދަށް ކަމަށެވެ. އަދި ޑިފެންސް މިނިސްޓްރީއާ އެ މައުލޫމާތު ހިއްސާކުރުމުން އެ އިދާރާއިން އެ މައުލޫމާތު ފުލުހުންނަށާއި އަދި ސީޕީ މުހައްމަދު ހަމީދުއާ ހިއްސާކުރުމަށް އަންގާފައިނުވާ ކަމަށް ވެސް އިލްޔާސް ފާހަގަ ކުރައްވައިފައި ވެއެވެ.

އިލްޔާސް އިތުރަސް ބަޔާނުގައި ފާހަގަ ކުރައްވައިފައިވާ ގޮތުގައި، މި ތަހުގީގަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭ ކަމަށާއި، އެހެންނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ލިބިފައިވާ މައުލޫމާތުތައް ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން އާންމުކުރުމަކީ ޒިންމާދާރު ކަމެއްގެ ގޮތުގައި ދެކިނުލައްވާ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބި، އޭޑީކޭ ހޮސްޕިޓަލުގައި ގިނަ އޮޕަރޭޝަންތަކެއް ކުރެއްވުމަށް ފަހު މިހާރު އެމަނިކުފާނު އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދެވި، ޖަރުމަނުގެ އަސްކަރީ ހޮސްޕިޓަލެއްގައި އެމަނިކުފާނަށް އަންނަނީ ފަރުވާ ދެވެމުންނެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަނޑިޔާރުންގެ ސޮޔާއެކު ސުޕްރީމް ކޯޓުގެ އަމުރު އާންމުކޮށްފި

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ އިއްވި ހުކުމް، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ސޮޔާއެކު އެ ...

ތުރާކުނުގެ ހުރިހާ ގޭބިސީއަކަށް “ޓައިޑްސް”ގެ ޢީދު ހަދިޔާ!

ހއ. ތުރާކުނުގެ ޖަމިއްޔާއެއް ކަމަށްވާ، ތުރާކުނު އައިލެންޑް ޑިވެލޮޕްމެންޓް ސޮސައިޓީ (ޓައިޑްސް)ގެ ފަރާތުން އެރަށު ހުރިހާ ގޭބިސީއަކަށް ޢީދު ހަދިޔާ ...

އައްޑޫސިޓީގެ އަވަށްތައް ހިމެނޭގޮތައް އިތުރު ފަސް ރަށެއްގައި އިޔާދަކުރަނިވި ހަކަތަ ގާއިމް ކުރުމަށް ހިޔާލު ހޯދަނީ

އައްޑޫސިޓީ ގެ އަވަށްތައް ( ރަށްތައް ) ހިމެނޭހެން އިތުރު ފަސް ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދައި ...