ޒަރޫރީ ބޭނުންތަކަށް ނޫންގޮތަކަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފި

advertisement

މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ޟަރޫރީ ބޭނުންތަކަށާއި، ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ނޫންގޮތަކަށް މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓަލުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން މިގޮތަށް އަންގާފައިވަނީ އަތޮޅުތަކުގެ ރަށްތަކުގައި ކޯވިޑް19 ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުުރު ސޮއިކުރާއްވާ ނެރުނު ބަޔާނުގައި ބުނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ޒަރޫރީ ބޭނުމުގައިނޫން ގޮތަކަށް މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާކަމަަށެވެ. މީގެ ތެރޭގައި މާލެއާއި، ވިލިނގިއްޔާއި، ހުޅުމާލެއާއި، ގުޅިފަޅާއި، ތިލަފުށި ނުހިމެނެއެވެ.

މި މުއްދަތުގެ ތެރޭގައި އެއްރަށުން އަނެއް ރަށަށް އާއްމު ދަތުރުފަތުރު ކުރުން ހުއްޓާލިނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޟަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްކުރުމަށް ދަތުރުތަކަށް ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދޭން ވާނެކަމަށް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

ރައްކާތެރިކމަުގެ ގޮތުން މި ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންކަމަށް މިބަޔާނުގައިވެއެވެ.

އެއްރަށުން އަނެއްރަށައް ދަތުރުކުރުން ހުއްޓަލުމަށް އަންގާފައިވާއިރު މިހާރުވެސް ކޯވިޑްގެ ކޭސްތަކެއް ފެނިގެން ބައެއް ރަށްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެޗްޕީއޭއިން ވަނީ ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި މީހުން ދިއިރުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުމަށްވެސް މަޖުބޫރުކޮށްފައެވެ.

އެޗްޕީއޭއިން މިގޮތަށް އަންގާފައިވާއިރު ކުރިއަށް އޮތީ ފިޠުރު ޢީދު ބަންދުކަމުން ހެލްތް މިނިސްތަރ އަޙްމަދު ނަޞީމް ވަނީ އީދު ބަންދުގައި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކަށް ނުދިއުމަށާއި ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.

ފަހަކަށް އައިސް ރާއްޖެއިން ކޯވިޑް ޖެހޭ މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވަމުން އަންނައިރު ކޮންމެ ދުވަހަކުވެސް 400 އެއްހާ މީހުންނަށް ބަލި ޖެހޭކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މިހާރު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 30000 އިން މައްޗަށް އަރާފައެވެ. މީގެ ތެރޭގައި އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ނިސްބަތުން މިހާރު އަންނަނީ އިތުރުވަމުންނެވެ. މިގޮތުން ރޭގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް މީހުން ދިރިއުޅޭ ރަށްރަށުން ވަނީ 179 މީހަކު ޕޮޒިޓިވްވެފައެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ނޮވެމްބަރު މަހު ގަމަށް ފަށަނީ

އަންނަ ނޮވެމްބަރު މަހުން ފެށިގެން، ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ...

އައްޑޫގައި ތިބި ބަންގްލަދޭޝް މީހުން ގައުމަށް ދާން ބޭނުންނަމަ ރަޖިސްޓްރީވުމަށް އަންގައިފި

އައްޑޫސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ...

ރާއްޖެ ފެޑްރަލް ނިޒާމަކަށް ބަދަލު ކުރަން ޖެހޭ: ނަޝީދު

ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، ދިވެހިރާއްޖެ ފެޑަރަލް ދައުލަތަކަށް ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ ...