މީދޫ އިން ކޮވިޑަށް މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ މީދޫ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މީދޫ އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރުކުރާ “ނިއުލައިން” ބޯޓުގައި މަސައްކަތް ކުރާ ދިވެއްސެކެވެ. އެގޮތުން އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތްތައް ހުރުމާ ގުޅިގެން ސިއްހީމަރުކަޒަށް ދެއްކުމުން ނެގި ސާމްޕަލް އަކުންނެވެ.

އެމީހާ ބައްޔަށް ޕޮޒިޓިވްވި ވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މީދޫ އިން މިދިޔަ ފެބްރުއަރީ މަހު ވެސް ކޮވިޑްގެ ކޭސްތަކެއް ފެނިފައިވެއެވެ. އެ ކޭސްތަކާ ގުޅިގެން އެ ރަށުގައި ކާފިއު ހިންގައި ހާއްސަ ފިޔަވަޅުތަކެއް ވެސް އެޅިއެވެ. އެ ފިޔަވަޅުތައް އުވާލީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މިވަގުތު 23 ރަށެއް އޮތީ މޮނީޓަރިން ހާލަތުގައެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑްގެ 1200 އަށް ވުރެ ގިނަ އެކްޓިވް ކޭސް އެބައުޅެއެވެ.

މަސްދަރު އައްޑޫ ލައިވް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނައުމަށް ކުރި އިއުލާން ބާޠިލްކޮށްފި

މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި  އައްޑޫ ސިޓީ ކައުންސިލުން، އެ ސިޓީގައި ވިޔަފާރި ކުރާ ...

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެ ސައިކަލް ދުއްވަން ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

ތާރު އަޅާފައިވާ ބަހާއުއްދީން މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެންގޮސް  މަގުބަންދުކުރަން އެމްޓީސީސީން ބަހައްޓާފައިހުރި ...

ރައީސް ވަހީދު ޖޭޕިއާއި ގުޅިވަޑައިގަންނަވަނީ

އިއްޔެ ވަގުތެއްގައި ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް ވަހީދު ޖުމުހޫރީ ޕާޓީއަށް ސޮއި ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި، ...