ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެ ސައިކަލް ދުއްވަން ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

ތާރު އަޅާފައިވާ ބަހާއުއްދީން މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެންގޮސް  މަގުބަންދުކުރަން އެމްޓީސީސީން ބަހައްޓާފައިހުރި ދަގަޑުތަކުގައިޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ދަންވަރު  ތިނެއްޖަހާކަން ހާއިރު މީދޫ ބަހާއުއްދީންމަގުގެ ނޫކޮކާގޭ ކުރިމަތިންކަހަލަ ގޮތަކަށް ހިނގި މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން  ހުޅުދޫ ޒުވާން ފިރިހެން ކުއްޖާއަށް ސީރިއަސް އަނިޔާތެކެއް ވަނީ ލިބިފައެވެ.

މިއެކްސިޑެންޓްގައި އަނިޔާ ލިބުނު ޒުވާނާ ސިއްހީމަރުކަޒަށް ގެންގޮސް ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށްޓަކައި ރޭ ފަތިހުވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ފޮނުވާލެވިފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއެކްސިޑެންޓްގައި ސީރިއަސް އަނިޔާތެކެއް ލިބުނު ޒުވާނާއަށް މިހާރު ފަރުވާ ދެމުންދަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

މީގެ ކުރީންވެސް ތާރުއެޅި މިމަގުން ހުޅުދޫ މަސްޖިދުލް ވަހުދާ ކުރިމަތީގައި  މަގު ބަންދުކުރަން ބަހައްޓާފައިހުރި ދަގަޑު ތަކެއްގައި ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއްޖެހި އެކްސިޑެންޓްވެފައިވެއެވެ. އެ އެކްސިޑެންޓަގައި ސައިކަލް ދުއްވާފައިވަނީ މީދޫގެ ދެޒުވާނެކެވެ.

މިމައްސަލަ ފުލުހުން މިހާރު ދަނީ ތަހްގީގު ކުރަމުން ނެވެ.

( ތަފްސީލް އަންނަނީ )

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު: ރައީސް ސޯލިހުއާއި ރައީސް ނަޝީދު 2019 ވަނަ އަހަރު މީދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް ސޯލިހުއާއި ރައީސް ނަޝީދު 2019 ވަނަ އަހަރު މީދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހުއާއި ރައީސް ...

ގައުމު ސްޓްރީޓް ކަޕް 2020: ޒެފިޔާ ބަލިކޮށް ކްއާޓާފައިނަލްގެ ފުރުސަތު ހަބޭސްއިން ހޯދައިފި

“ގައުމު ސްޓްރީޓް ކަޕް ” ގައި މިއަދު ހަވީރު  ކުޅުނު ގްރޫޕް ޑީގެ މެޗް  ފޭދޫ ހަބޭސް ކާމިޔާބުކޮށް ...

ރައީސް ނަޝީދު ހާލުކޮޅު އަންނަނީ ރަނގަޅުވަމުން، އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ނިންމާ އެ މަސައްކަތް ކުރައްވަމުން ...