އިއްޔެ ބޭއްވިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުން މީދޫ ދާއިރާއަށް ވާދަކުރެއްވި ރަޝީދާ އިބްރާހިމް މިދާއިރާއިން ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައިގެން މީދޫ ދާއިރާގެ ގޮޑި ކާމިޔާބުކުރެއްވި ސޯލިހާއަށް މަރުހަބާ ދަންނަވައިފިއެވެ.
ރަޝީދާގެ ފޭސްބުކް ޕޭޖްގައި ރަޝީދާ ވިދާޅުވީ ކަމަނާގެ ކައުންސިލްގެ ދައުރުގައި ކާމިޔާބު މަސައްކަތްތަކެއް ކުރުމުގެ ހިތްވަރު ލިބިގެންދާނެކަމަށް އުއްމީދު ކުރާކަމަށެވެ.
” ކަމަނާގެ ކައުންސިލްގެ ދައުރުގައި ކާމިޔާބު މަސައްކަތްތަކެއް ކުރުމުގެ ހިއްވަރާއި ސާބިތުކަން ދެއްވާށި . އާމީން – މީދޫގެ ކުރިއެރުމަށް ކަމަނާއެކީވެސް ކުރަންޖެހުނު ކޮންމެކަމެއްވެސް ކުރުމުގައި ސާބިތު ކަމާއެކީ ހުންނާނަން ”
ރަޝީދާގެ ފޭސް ބުކް ޕޭޖްގައި ރަޝީދާ ވިދާޅުވެފައިވެއެވެ.
ކޮމެންޓްސް (0)