މީދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް އަނިޔާވެއްޖެ އެވެ
ބުރާސްފަތި ދުވަހު ސިއްހީކުރިމަތިން އަމީނީމަގުގައި ހިނގި މި އެކްސިޑެންޓްގައި އެއް ސައިކަލް ދުއްވަން އިނީ އަންހެން ކުއްޖެކެވެ. އަނެއް ސައިކަލް ދުއްވަން އިނީ ފިރިހެން ކުއްޖެކެވެ.
މި އެކްސިޑެންޓްގައި ބޮޑަށް އަނިޔާވީ އަންހެން ކުއްޖަކަށެވެ. އަންހެން ކުއްޖާގެ ކަނާއަތުފައި ރެނދެއްލާފައިވާއިރު ބައެއް ތަންތަން މަށައިގެންގޮސް ނޭފަތުން ލޭއައިސްފައިވެއެވެ.
މިއެކްސިޑެންޓުގައި އަނިޔާވި އަންހެން ކުއްޖާއަށް އިތުރު ފަރުވާދިނުމަށް ހުޅުމީދޫ ސިއްހީމަރުކަޒުން އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލަށް ފޮނުވާލުމުން އަންހެން ކުއްޖާއަށް މިހާރު ފަރުވާދެމުންދަނީ އެހޮސްޕިޓަލުގައެވެ.
މިއެކްސިޑެންޓްގައި އަނިޔާވި ފިރިހެން ކުއްޖާގެ ބައެއް ތަންތަން މަށައިގެންގޮސް ނޭފަތުން ލޭއައިސްފައިވީނަމަވެސް ސިއްހީމަރުކަޒުން ފަރުވާދިނުމަށްފަހު ފިރިހެންކުއްޖާވަނީ ދޫކޮށްލާފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއެކްސިޑެންޓް ހިގަންދިމާވީ ސިއްހީމަރުކަޒުގެ ވާއަތްފަރާތު ގޭޓުން ސައިކަލްގައި އަންހެން ކުއްޖާ ނިކުމެ މަރުކަޒުގެ ކުރިމަތިން އޮތް ލިލީމަގުން ހުޅަގަށް ދުއްވާލިތަނުން އެމަގުން ހުޅަގުން އިރަށް ބާރު ސްޕީޑްގައި ދުއްވާފައި އައިސަލެއްގައި ޖެހިގެންނެވެ.
މިއެކްސިޑެންޓްގައި ދެ ސައިކަލަށްވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.