ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު 10 ރަށަކަށް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ފަހު ފިޔަވައްސަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފި އެވެ.

މިއަހަރު މި ޕްރޮގްރާމުގެ ފަހު ފިޔަވައްސަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޕޯސަލްގެ ގޮތުގައި ހޮވިފައިވަނީ:

  • ށ. ގޮއިދޫގެ މަގުތަކުގައި ސޯލާ ލައިޓް ހަރުކުރުން: އިބްރާހިމް ނިޝާމް އަހުމަދު
  • ރ. ފައިނުގައި ލައިބްރަރީއެއް ތަރައްގީ ކުރުން: ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވާސް
  • ބ. އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުން: ވެސްޓް ވިންގްސް އޭދަފުށި
  • ޅ. ކުރެންދޫގައި ކޮމިއުނިޓީ ފެސިލިޓީ ތަރައްގީ ކުރުން: ކުރެންދޫ އެންވަޔަރަމަންޓް އެޑިޔުކޭޝަން ސްޕޯޓްސް އެސޯސިއޭޝަން (ކީސާ)
  • ހުޅުމާލޭގައި ކުޑަކުދިން ފޮތް ކިޔުމަށް ހާއްސަ ތަނެއް ތަރައްގީ ކުރުން: ޗިލްޑްރަން އޮފް މޯލްޑިވްސް
  • އއ. ބޮޑުފޮޅުދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމް ކުރުން: ރިވަލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން
  • އއ. ތޮއްޑޫގައި ފޮތް ކިޔާ ޕާކެއް ތަރައްގީކުރުން: އާދަމް އަފްސަލް
  • ލ. ފޮނަދޫގައި ކޮމިއުނިޓީ ގާޑަންއެއް ތަރައްގީ ކުރުން: ފޮނަދޫ އެންވަރަމެންޓް އެންޑް ސަސްޓެއިނަބިލިޓީ ޑިވަލޮޕްމަންޓް
  • ގދ. ގައްދޫގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށްދިނުން: ސާސްޓްރާ ކޮމުއުނިޓީ
  • ގދ. ހޯޑެއްދޫގައި ނޭޗާ ޕާކް ތަރައްގީ ކުރުން: ހޯޑެއްދޫ ސްޕޯޓްސް

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު މިކަމާބެހޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަރަށް ރަނގަޅު، ގިނަ ޕްރޮޕޯސަލްތަކެއް އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް މިފަހަރުވެސް ލިބުނު ކަމަށެވެ.

ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް

coralglass.market/news/372?fbclid=IwAR2ZsV8notiZ2fjcMB0w08h6ZhyBMicv_rkfWOkhI1PBgWfKAnG0uafcwDc

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގެއްލުނު ކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަނީ

އައްޑޫ ސިޓީގެ ހިތަދޫން މިދިޔަ ހޮނިހިރު ދުވަހު މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަން ...

ގައުމު ސްޓްރީޓް ކަޕް _ވަރުގަދަ ޗެލެންޖާސް ރޮއްވާލުމަށްފަހު ޒުވާންޓީމް ލޮތަރި ސެމީފައިނަލަށް

ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގައި މީދުން ވާދަކުރި ޓީމްތަކުގެ ތެރެއިން ވަރުގަދަ ޗެލެންޖާސް ރޮއްވާލުމަށްފަހު ޒުވާންޓީމް ލޮތަރި ...

ޓުއަރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ފައްޔާޒުއާ ހަވާލުކޮށްފި

ޓުއަރިޒަމް މިނިސްޓްރީ ހިންގަން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާމް އާ ހަވާލުކޮށްފިއެވެ. ފައްޔާޒުއާ ޓޫރިޒަމް މިނިސްޓްރީ ...