ގިނަމެޗްތަައްކާމިޔާބުކުރީ ފޭދޫ ސަޑޭ އެކެޑެމީގެ ޓީމްތައް

ފޭދޫ ސަޑޭ ސްޕޯޓްސް އެކެޑެމީގެ ޓީމްތަކާއި މީދޫގައި ހިންގާ އީޓީއެފް އެކެޑެމީގެ ޓީމްތަކަކާއި ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތަކެއް ކުޅެވިއްޖެވެ.

އިއްޔެ ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗްތަކުގައި ކުޅެވުނު 5 މެޗުގެ ތެރެއިން 4 މެޗުން ސަޑޭ އެކެޑެމީގެ ޓީމްތައް ކާމިޔާބުކޮށްފައިވާއިރު  މީދޫގައި ހިންގާ އީޓީއެފްގެ ޓީމްތަކަށް މޮޅުވެވިފައިވަނީ 1 މެޗުންނެވެ.

ސަކޭ އެކެޑެމީގެ 11 އަހަރުން ދަށުގެ ޓީމެއް- މިޓީމް ކުޅުނު މެޗް ކާމިޔާބުކުރީ 7 ލަނޑު 0 ލަނޑުން

އިއްޔެ ކުޅެވުނު މިމެޗްތަކުގެ ތެރެއިން 9 އަހަރުން ދަށުގެ ޓީމްތައް ކުޅުނު 3 މެޗުވެސް ކާމިޔާބުކޮށްފައިވަނީ ސަޑޭ އެކެޑެމީގެ ޓީމްތަކެވެ. ސަޑޭ އެކެޑެމީގެ ޓީމްތައް މިމެޗްތައް ކާމިޔާބުކޮށްފައިވަނީ  11 ލަނޑު 0 ލަނޑުން 5 ލަނޑު 2 ލަނޑުން އަދި 3 ލަނޑު 2 ލަނޑުންނެވެ.

11 އަހަރުން ދަށުގެ ކުދީންގެ މެދުގައި ކުޅެވުނު ދެމެޗްގެ ތެރެއިން ސަޑޭ އެކެޑެމީގެ ޓީމް މޮޅުވި މެޗް އެޓީމް ކާމިޔާބުކޮށްފައިވަނީ 7 ލަނޑު 0 ލަނޑުންނެވެ. އީޓީއެފް އެކެޑެމީގެ ޓީމް މޮޅުވި މެޗުން އެޓީމު ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ.

އިއްޔެ ކުޅެވުނު މިމެޗްތައް ނިމުމުން މިމެޗްތަކުގައި ކުޅުނު ކުޅުންތެރީންނަށް އީޓީއެފް އެކެޑެމީގެ ފަރާތުން މެޑަލް ހަވާލްކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަގުމަތި ވުމުގެ ކުރީން މާލެ ދޫކޮށް ދިޔުމަށް މެމްބަރު އީސަ ގޮވާލައްވައިފި

މާލޭގައި ކުއްޔަށް ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުން ކުލި ނުދެއްކި މާލޭގައި މަގުމަތިވުމުގެ ކުރިން އަމިއްލަ ފަސްގަނޑަށް ހިޖުރަކުރުމަށް ކެނދިކުޅުދޫ ...

ކުޑަކާއްޓޭއާއި އެޑަމް  ސެންޓްރަލް ޒޯން މުބާރާތުން ރަން މެޑަލް ހޯދައިފި

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން  ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖެއިން ވާދަކުރާ  (ކުޑަކާއްޓެ) އާއި އާދަމް ...

ހުޅުދޫ މަގުތައް ހެދުމުގައި ހުރި ކަންބޮޑުވުން ހައްލުކޮށްދިނުމަށް އެދި ޒުވާނުން އަޑު އުފުލައިފި

ހުޅުދޫގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު އެކަމުގައި ހުރި ބައެއް ހިތްތަމަނުޖެހުންތަކާއި ...