ޓީމް ހުދުހުދު ބަލިކޮށް ހުޅުދޫ ޔޫތު ގްރޫޕް އޭގެ 1 ވަނަ ޓީމްގެ ގޮތުގައި ސެމީއަށް

އެމްއީސީ ނެޓްބޯޅަ މުބާރާތުގައި ހުޅުދޫ ޔޫތުން ކުޅުނު ހަތަރުވަނަ މެޗުގައި ޓީމް ހުދުހުދު ބަލިކޮށް   ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސެމީ ފައިނަލުން ހުޅުދޫ ޔޫތު ޖާގަ ހޯދައިފިއެވެ.

މީދޫ ކުޅިވަރު އެރީނާގެ ނެޓްބޯޅަ ކޯޓުގައި ރޭ ކުޅުނު ފޯރިގަދަ މިމެޗު ހުޅުދޫ ޔޫތުން  ކާމިޔާބުކުރީ 15 ޕޮޓް 8 ޕޮޓުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުޅުދޫ ޔޫތުގެ  ސަވާ އިބްރާހިމްއެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހުޅުދޫ ޔޫތުގެ  ސަވާ އިބްރާހިމް

މުބާރާތުގައި މިހާތަނަށް ކުޅުނު 4 މެޗުންވެސް މޮޅުވެ ހުޅުދޫ ޔޫތު ސެމީއަށް ދަތުރުކޮށްފައިވާ އިރު، އެޓީމްއަތުން ރޭގެ މެޗުން ބަލިވި ޓީމް ހުދުހުދުވެސް ވަނީ ސެމީފައިނަލަށް ހޮވިފައެވެ. ޓީމް ހުދުހުދު ސެމީފައިނަލަށް ހޮވިފައިވަނީ އެޓީމް ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ އެއްމެޗުން ދެރަވެ 9 ޕޮއިންޓް ލިބިގެން ގްރޫޕް އޭގެ ދެވަނަ ޓީމްގެ ގޮތުގައެވެ.

މީދޫ ޗޭނު ޖަމްއިއްޔާއިން އިސްނަގައިގެ އިންތިޒާމްކޮށްގެން މީދޫގައި ކުރިއަށް ގެންދާ  މިނެޓްބޯޅަ މުބާރާތުގައި 9 ޓީމަކުން ބައިވެރިވެއެވެ.  ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގެ ގްރޫޕް ބީން އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީފައިނަލަށް ހޮވިފައިވަނީ ހުޅުމީދޫ ޕޮލިސްޓީމެވެ. މިގްރޫޕުން 2 ވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވިފައިވަނީ މިފްކޯއެވެ.

މިމުބާރާތުގައި ބައިވެރިވި ޓީމްތަކަށް ރާއްޖޭގެ އެކިސަރަހައްދުތަކުގެ މޮޅު ނެޓްބޯޅަ ކުޅުންތެރީން ކުޅެފައިވާއިރު އެއްޓީމަކަށް އަތޮޅުން ބޭރުގެ އެންމެ ގިނަ  ކުޅުންތެރީން ކުޅެމުންދަނީ ޕޮލިސްޓީމަށެވެ. އަދި އެޓީމަށް ކުޅެމުންއަންނަ ރަށުން ބޭރުގެ ކުޅުންތެރީންގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންގޮސްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސު ސާލިހު ، އައްޑޫ ސިޓީ ފޭދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީ ފޭދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު ފޭދޫ ފުޓުބޯޅަ ދަނޑު ...

ޗެމްޕިއަންސް ލީގު: އާސެނަލްއާއި ބަޔާން މިއުނިކު ބައްދަލުކުރިމެޗް އެއްވަރު

ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކާއި ދެކޮޅަށް އާސެނަލް ...

ވިއްސާރައިގައި އައްޑޫ ސިޓީން ގެއްލުން ލިބުނު ގޭގެ ފުރާޅު އެމްއެންޑީއެފްއިން މަރާމާތުކޮށްދީފި

ވިއްސާރައިގައި އައްޑޫ ސިޓީ ހިތަދޫ، އަސްރާރު މަންޒިލް ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ...