އެމްއީސީ ނެޓްބޯޅަ މުބާރާތް- ސެމީފައިނަލްގެ މެޗްތައް މިރޭ

އެމްއީސީ ނެޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ މެޗްތައް މިރޭ ކުޅެވޭނެއެވެ.

މިރޭ ކުޅެވޭ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޕޮލިސްޓީމާއި ޓީމް ހުދުހުދުއެވެ. ޕޮލިސްޓީމް ސެމީފައިނަލަށް ހޮވިފައިވަނީ އެޓީމް ހިމެނުނު ގްރޫޕް ބީ ގައި އެޓީމް ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިން ހޯދައިގެން އެގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

ޓީމް ހުދުހުދު ސެމީފައިނަލަށް ހޮވިފައިވަނީ ގްރޫޕް އޭގައި އެޓީމް ކުޅުނު 4 މެޗްގެ ތެރެއިން 3 މެޗުން މޮޅުވެ އެއްމެޗުން ބަލިވެ ލިބުނު 9 ޕޮއިންޓާއެކު އެގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ.

ޕޮލިސްޓީމާއި ޓީމް ހުދުހުދު ބައްދަލުކުރާ ސެމީފައިނަލްމެޗްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައެވެ.

މިރޭ ކުޅެވޭ ސެމީފައިނަލްގެ ދެވަނަމެޗްގައި ވާދަކުރާނީ ހުޅުދޫ ޔޫތާއި މިފްކޯއެވެ.

ހުޅުދޫ ޔޫތު ސެމީފައިނަލަށް ހޮވިފައިވަނީ އެޓީމް ހިމެނުނު އޭ ގްރޫޕްގައި އެޓީމް ކުޅުނު 4 މެޗުން މޮޅުވެ 12 ޕޮއިންޓް ހޯދައިގެން އެގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

މިފްކޯ ޓީމް ސެމީފައިނަލަށް ހޮވިފައިވަނީ އެޓީމް ހިމެނުނު ބީ ގްރޫޕްގައި އެޓީމާއި ވާދަކުރި އެމްޕީއެލްޓީމާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ދެޓީމުން ކާމިޔާބުކޮށްފައިވާ ޕޮޓްގެ އަދަދަށް ބަލައިގެން އެމްޕީއެލްޓީމަށްވުރެ 8 ޕޮޓުން މިފްކޯ ޓީމަށް ކުރިލިބިގެންނެވެ. .

މިފްކޯޓީމު ގްރޫޕް ސްޓޭޖްގައި ކުޅުނު 3 މެޗްގެ ތެރެއިން އެއްމެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެ އެއްމެޗުން ބަލިވުމުން އެޓީމަށް ލިބިފައިވަނީ 4 ޕޮއިންޓެވެ.

މީދޫ ޗޭނު ޖަމްއިއްޔާއިން އިސްނަގައިގެ އިންތިޒާމްކޮށްގެން މީދޫގައި ކުރިއަށް ގެންދާ  މިނެޓްބޯޅަ މުބާރާތުގައި 9 ޓީމަކުން ބައިވެރިވެއެވެ.

މިމުބާރާތުގައި ބައިވެރިވި ޓީމްތަކަށް ރާއްޖޭގެ އެކިސަރަހައްދުތަކުގެ މޮޅު ނެޓްބޯޅަ ކުޅުންތެރީން ކުޅެމުންއަންނައިރު އެއްޓީމަކަށް އަތޮޅުން ބޭރުގެ އެންމެ ގިނަ ކުޅުންތެރީން  ކުޅެމުންދަނީ ޕޮލިސްޓީމަށެވެ. އަދި އެޓީމަށް ކުޅެމުންއަންނަ ރަށުން ބޭރުގެ ކުޅުންތެރީންގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންގޮސްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

49 އަހަރުގެ ރެކޯޑް ލެވަންޑޯސްކީ މުގުރާލައިފި

1972 ވަނަ އަހަރު ޖަރުމަނުގެ ބުންޑަސް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ކުރީގެ ޖަރުމަނު ...

ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ގޯސް!

މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ...