ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީއިން ތަރައްޤީކޮށްފައިވާ އިފުރު އެއާޕޯޓާއެކު އެރަށުގައި ތަރައްޤީކޮށްފައިވާ އިފުރު ރިސޯޓު 65 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާނު ކޮށްފިއެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައިވެސް މިތަން ވިއްކާލަން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އޭރު އަގު ހާމަކޮށްފައެއް ނުވެއެވެ.

ސީއީއޯ މެގަޒިންގައިވާގޮތުން އިފުރު އެއަރޕޯޓާއި، ރިސޯޓްގެ އިތުރުން ބ.ފުނަދޫ 50 އަހަރުގެ މުއްދަތަކަށް ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. އިފުރު ރިސޯޓްގެ ބޮޑުމިނަކީ 56.52 ހެކްޓަރެވެ. މި މެގަޒިންގައި ބުނެފައިވަނީ އިފުރު ރިސޯޓަކީ ގުދުރަތީގޮތުން ރީތިކަން ލިބިފައިވާ ރިސޯޓެއްކަމަށެވެ.

އިފުރު ރިސޯޓުގައި 150 ވިލާ ހުރެއެވެ. އޭގެތެރޭގައި 6 ޓްވިން ވިލާއާއި، 100 ޑްޕްލެކްސް ވިލާއާއި، 35 ބީޗް ބިލާގެ އިތުރުން ޕޫލްއާއިއެކު 9 ބީޗްވިލާ މި ރިސޯޓްގައި ހުރެއެވެ. މިއީ 300 އެނދުގެ ރިސޯޓެކެވެ. އަދި މި ރިސޯޓުގައި 6 ރެސްޓޯރެންޓެއް ހުރެ އެވެ.

އިފުރު އެއަރޕޯޓަކީ 2015 ވަނަ އަހަރުން ފެށިގެން އޮޕަރޭޓްކުރަމުންއަންނަ އެއަރޕޯޓެކެވެ. މި އެއަރޕޯޓްގައި 1200 މީޓަރުގެ ރަންވޭއެއް އޮވެއެވެ. އިފުރު އެއަރޕޯޓް އަދި ރިސޯޓާއިއެކު ވިއްކާލާ ބ.ފުނަދޫއަކީ 12 ހެކްޓަރުގެ ރަށެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮންމެ މޫޑަކާ ގުޅޭ ޕްލޭލިސްޓު ސިޓިންގްރޭ ގައި

ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް އެކަމަކާ ގުޅޭ ޕްލޭލިސްޓަކާ ނުލައި ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ. ގޭގައި ...

ސިނަމާލެ ބްރިޖް ހައިވޭ މަތިން ކާރެއް ފުރޮޅާލައިފި

ސިނަމާލެ ބްރިޖަށް ދާން އޮންނަ ހައިވޭ މަތިން ކާރެއް ފުރޮޅާލައިފިއެވެ. ފުލުހުންގެ ބަހެއް މިކަމުގައި ނުލިބޭތީ އެ ކާރު ...

އޯޑިއޯތައް ތައްޔާރުކުރި ބަޔަކު ބެލުން ވަރަށް މުހިންމު: ރޮޒޭނާ

ރައީސް ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރެއްގެ އޯޑިއޯ ތައްޔާރު ކުރި ބަޔަކީ ކޮންބައެއްކަން ...