މަތީގައިވާ ފޮތޯތަކާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ނަލަފެހި ޖަމްއިއްޔާއިން އިސްނަގައިގެން މީދޫގެ އެކި ފަންނު ތަކުގައި ތައްޔާރުކޮށްފައިވާ ފިނިމައިޒާންތަކުގައި ބަހައްޓާފައިވާ ތަކެއްޗަށް ރޭ ބަޔަކު ވަރަށް ބޮޑެތި ގެއްލުންތަކެއްދީ  ހަލާކުކޮށްފައިވާ މަންޒަރެވެ .

މިގޮތުން ފިނިމައިޒާން ތަކުގައި ބަހައްޓާފައިވާ އުދޯލިތަކާއި ޖޯލިފަތިތައް ކޮށާލާ މޫދަށާ ގޮޑު ދޮށަށް އުކާލާފައިވާއިރު ބައެއް ފިނި މައިޒާންތަކުގައި ކޮންކްރިޓް އަޅައިގެން ބަހައްޓާފައިވާ ގޮޑިތައްވެސް ނެގުމަށްފަހުވަނީ ހަލާކުކޮށްލާފައެވެ. އަދި މީގެ އިތުރަށް ދާދިފަހުން މީދޫ އިސްމެހެލާ ރިސޯޓް ކައިރީގައި އޮންނަ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި ބެހެއްޓި  އުދޯލިއާއި ނަންބޯޑު ހަލާކުކޮށްލާފައިވާއިރު ދާދިފަހުން ރަސްމިކޮށް ހުޅުވި ” ވޭރާޑު ފިނިމައިޒާން” ގައި ބަހައްޓާފައިވާ ހުރިހާތަކެއްޗާއި އެތަނުގެ މޮނިއުމެންޓާއި ނަންބޯޑުވެސް ވަނީ ހަލާކުކޮށްލާފައެވެ.

މީދޫގެ އެކި ފަންނު ތަކުގައި ފިނިމައިޒާންތައް ތައްޔާރުކޮށް އެތަންތަން ރީތިކޮށް ކުޑަކުދިންނާއި އުރުމުން ދުވަސްވީ މީހުންނާއި އަދި އާއްމުކޮށް އެންމެންނާގުޅޭގޮތައް  ހިތްގައިމު ތަންތަނަށް އެތަންތަން ބަދަލުކޮށް “ނަލަފެހި ޖަމްއިއްޔާ” އިން އެތަންތަން ރީތިކޮށް ބަލަހައްޓަމުންދާތާ ގިނަދުވަސްތަކެއްވަނީ ވެފައެވެ.

އެހެންކަމާއެކު ކޮންމެ ދުވަހަކުވެސް އާއްމުންގެ ގިނަ ބަޔަކު އެތަންތަނަށް  ޒިޔާރާތްކޮށް އާއިލާއާ އެކު ވަގުތު ހޭދަކުރަމުންދެއެވެ. އަދި ރަށަށް ޒިޔާރަތްކުރާ މެހުމާނުންވެސް އެތަންތަނުގެ ބޭނުން ފުރިހަމަ ގޮތުގައި ކުރަމުން ގޮސްފައިވެއެވެ.

އަދި މީގެއިތުރަށް މިފިނިމައިޒާންތަކަށް ޒިޔާރަތްކުރާ މެހުމާނުންގެ ތެރެއިން  ބައެއް ބޭފުޅުންނަކީ އެތަންތަނުގެ  ހިތްގައިމުކަން ދެކިލުމަށާއި ފޮޓޯނެގުމަށް ޒިޔާރަތްކުރާމީހުންނެވެ.

މިފަދަ ބޮޑު ގެއްލުންތަކެއް  ނަލަފެހި ޖަމްއިއްޔާއިން ތައްޔާރުކޮށްފައިވާ މިފިނިމައިޒާންތަކަށް ދީފައިވާތީ އެފަރާތުންވަނީ އެކަމާ ވަރަށްބޮޑަށް ހިތާމަކުރާކަމަށް ހާމަ ކޮށްފައެވެ.  މި ފަދަ އަމަލުތައް ހުއްޓާލައި މި ތަންތަން ރީތިކޮށް ދެމެހެއްޓުމަށް ހުރިހާފަރާތްތަކަށްވެސް  ނަލަފެހި ޖަމްއިއްޔާގެ ފަރާތުން ނަސޭހަތްތެރިވެއެވެ.

ވޭރާނޑު ފިނިމައިޒާން
ވޭރާނޑު ފިނިމައިޒާން
ވޭރާނޑު ފިނިމައިޒާން
ވޭރާނޑު ފިނިމައިޒާން
ވޭރާނޑު ފިނިމައިޒާން
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިޓަލީގައި ދިރިއުޅެމުންދިއަ ދިވެހި ފިރިހެނެއް އަނިޔާވެރިގޮތަކަށް މަރާލައިފި

އިޓަލީވިލާތުގެ އަންހެނަކާ ކައިވެނިކޮށްގެން އެ ގައުމުގައި ދިރިއުޅެމުންދިއަ ދިވެހި ފިރިހެނެއް އަނިޔާވެރިގޮތަކަށް މަރާލައިފިއެވެ. އެ ގައުމުގައި މަރާލާފައިވަނީ ހދ.ނޮޅިވަރަންފަރު، ...

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް

ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އދ 76 ވަނަ  އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބްވެ ވަޑައިގެންފިއެވެ. އަބްދުﷲ ...

ށ.އަތޮޅުގެ 5 ރަށަކާ ނ. ހޮޅުދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ށ.އަތޮޅުގެ ފަސް ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. އެޗްޕީއޭ އިން ...