ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ، ރޭ ދަންވަރު 2:58ގައި އައިޖީއެމްއެޗުގައި ނިޔާވެފައި ވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި، 27 ވަނަ މީހާއެެވެ. މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 7 ބިދޭސީންނެވެ.

ކޯވިޑް-19އަށް ރާއްޖޭގައި 6779 މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު 162 މީހަކު އެޑްމިޓްކޮށްގެންދނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން އައިސީޔޫގައި 11 މީހުން އަދި ވެންޓިލޭޓަރުގައި 8 މީހަކަސްދަނީ ފަރުވާދެމުންނެވެ.

ރޭ އިރުއޮއްސި 18:00އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފައިވަނީ 119 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާއި 19 ބިދޭސީންނެވެ. މިއާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 6700އަށްވުރެ އިތުރުވެފައިވާއިރު މީގެތެރެިން 4222 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެ ފިޔަވައި ރާއްޖޭގެ 22 ރަށަކާއި، 12 ރިސޯޓެއްގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން އެބަތިބިކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލްގެ އެހީއާއެކު މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގާ “ބީއެމްއެލް ކޮމިއުނިޓީ ފަންޑު”ގެ ދަށުން ށ. މާއުނގޫދޫގެ ބައެއް މަގު ބައްތިތައް ...

އައްޑޫ ސިޓީ ހިތަދޫގެ 14.2 ކިލޯމީޓަރުގެ މަގުގައި ސިމެންތި ފަށަލަ އަޅާ ނިމިއްޖެ

އައްޑޫ ސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ހިތަދޫގެ 14.2 ކިލޯމީޓަރުގެ މަގުގެ ސީޓީބީގެ މަސައްކަތް ނިމިފައިވާކަމަށް އައްޑޫ ...

އައްޑޫސިޓީ- ކޮވިޑް 19: –2 ދުވަހުން 177 މީހުން ފައްސިވި

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން މިއަދު  އާންމު ކުރި މިމަހުގެ 2 ވަނަ ދުވަހާއި 3 ވަނަ ދުވަހުގެ ...