އައްޑޫ ސިޓީގައި 25 މިލިޔަން ރުފިޔާގެ މަޝްރޫޢުވަނީ ހިންގާފައި – މިނިސްޓަރ

މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޒުވާނުންނާއި ކުޅިވަރާއި މުޖުތަމަޢު ބާރުވެރިކުރުވުމުގެ ދާއިރާއިން އައްޑޫ ސިޓީގައި 25 މިލިޔަން ރުފިޔާގެ މަޝްރޫޢު ހިންގާފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަޙްމަދު މަހްލޫފް ވިދާޅުވީ އައްޑޫ ސިޓީގައި ކުރިއަށްގެންދަން ނިންމާފައިވާ ކުޅިވަރުގެ ދާއިރާގެ ގިނަ މަޝްރޫޢުތަކަށް ކޯވިޑް-19އާ ގުޅިގެން ލަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ.

އައްޑޫގައި ހިންގާ މަޝްރޫޢުތަކުގެ ތެރޭގައި ފޭދޫ މައި ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ހުޅުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ބައެއް ރަށްރަށުގައި ފަތާ ޓްރެކް ހެދުމުގެ މަސައްކަތް ހިމެނި އެމަޝްރޫޢުތައް ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ޖުމްލަ ގާތްގަނޑަކަށް ފަންސަވީހަކަށް މިލިޔަން ރުފިޔާގެ ޕްރޮޖެކްޓް އަޅުގަނޑުމެއްނަށް އައްޑޫގައި މިދިޔަ ދޮޅުއަހަރެއްހާ ދުވަހުގެތެރޭގައިވާނީ ހިންގިފައި” މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އައްޑޫގައި ހިންގަން ނިންމާ ބަޖެޓްގައިވެސް ހިމަނާފައިވާ ބައެއް މަޝްރޫޢުތައް މަޑުޖެހިފައިވާކަމަށާއި އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް މިހާރުކުރިއަށްދާތީ އެފަދަ މަޝްރޫޢުތައް އަންނަ އަހަރުގެ ބަޖެޓުގައި ބައެއް މަޝްރޫޢުތައް ހިމަނުއްވާނެކަމަށެވެ.

މިނިސްޓަރ މަހްލޫފު ވިދާޅުވީ އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ޒުވާނުންނާއި ކުޅިވަރާއި މުޖުތަމަޢު ބާރުވެރިކުރުވުމުގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ހިންގަން ފަށްޓަވާނެކަމަށެވެ.

މަސްދަރު: ޕީއެސްއެ،އެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނަކައަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ފެނަކަ ހުރިހާ ބްރާންޗެއްގައި ...

”ނަޝީދު އަވަހާރަކޮށްލަން 03 މިލިއަން ޑޮލަރުގެ ޓާސްކެއް ހަވާލުކުރި“

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން 03 މިލިއަން ޑޮލަރުގެ ޓާސްކެއް ދިންކަމުގެ ...