އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް ހުކުރުދުވަހު ރާއްޖެއަށް ފަށަނީ

އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް އަންނަ ހުކުރުދުވަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިއީ ކޯވިޑް19 އަށްފަހު އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ.

އެއަރ އިންޑިއާގެ ރާއްޖޭގެ ޕެސެންޖަރ ސޭލްސް އެޖެންޓް ވިލާ ޓްރެވެލްސް އިން ބުނީ މިމަހުގެ 21 ވާ ހުކުރު ދުވަހުން ފެށިގެން އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށާނެކަމަށެވެ. ޝެޑިއުލް ދަތުރުތައް ފެށުމާއިއެކު ހަފްތާއަކު 2 ދަތުރު މާލެއިން ޓްރިވެންޑްރަމްއަށް ކުރާނެއެވެ. އަދި މާލެއިން ދިއްލީއަށް ދާން ބޭނުންވާ ފަރާތްތަކަށްވެސް މި ފްލައިޓް މެދުވެރިކޮށް ދެވޭނެކަމަށް ވިލާ ޓްރެވެލްސްއިން ބުނެއެވެ.

އެއަރ އިންޑިއާއިން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އަންގާރަދުވަހު އަދި ހުކުރު ދުވަހުއެވެ.

އެއަރ އިންޑިއާ މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވިލާ ޓްރެވެލްސް މެދުވެރިކޮށް ޓިކެޓް ނެގޭނެއެވެ. އެކުންފުނިން ބުނީ އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ޓިކެޓް ދޫކުރާނީ އިންޑިއާ ހައިކޮމިޝަންގެ ހުއްދައަކާއި އެކުކަމަށެވެ. ދަތުރުކުރާ ކޮންމެ ފަސިންޖަރެއްގެ އަތުގައިވެސް 96 ގަޑިއިރު ހަމަނުވާ ކޯވިޑް19އަށް ޓެސްޓްކޮށްފައިވާކަން އަންގައިދޭ ލިޔުމެއް އޮންނަންޖެހޭނެއެވެ.

ވިލާ ޓްރެވެލްސްއިން އަންނަނީ އެއަރ އިންޑިއާގެ ޓިކެޓް ވިއްކުމުގެ އިތުރުން އެ އެއަރލައިންގެ އެއަރޕޯޓް ހޭންޑްލިންގ މަސައްކަތްތައްވެސް ކުރަމުންނެވެ. ކޯވިޑް19ގެ ކުރިން އެއަރ އިންޑިއާއިން އައީ ޓްރިވެންޑްރަމްއިން ރާއްޖެއަށް ހަފްތާއަކު 7 ފްލައިޓް އަދި ބެންގަލޫރުން ރާއްޖެއަށް ހަފްތާއަކު 6 ފްލައިޓް ބާއްވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ޓާޝަރީ ހޮސްޕިޓަލުގައި ބޭނުންކުރުމަށް ގެނައި އެމްއާރުއައި މެޝިން އައްޑުއަށް ގެނެސްފި

އައްޑޫ ޓާޝަރީ ހޮސްޕިޓަލުގައި  ބޭނުންކުރުމަށް ގެނައި އެމްއާރުއައި މެޝިން އައްޑުއަށް ގެނެސްފިއެވެ. މިއެމްއާރުއައި މެޝިން ގަމަށް ގެނެސްފައިވަނީ ދުނިޔޭގެ ...

ނަޝީދުގެ ފިކުރެއްގެ ދިރުމުގެ އިސްބޭފުޅުން ތަކެއް އެމްޑީޕީން ވަކިވެއްޖެ

ރައީސް ނަޝީދު އިސްވެ ހިންގަވާ ”ފިކުރެއްގެ ދިރުން”ގެ އިސްބޭފުޅުންތަކެއް އެމްޑީޕީ ދޫކޮށްލައިފިއެވެ.  އެ ބޭފުޅުން އެމްޑީޕީ ދޫކޮށްލާފައި މިވަނީ ...

ނާޒިމް ސައްތާރު ހައްޔަރުކޮށްފި

މީސް މީޑިއާގައި އާއްމުވެފައިވާ އެއް ޖިންސުން ގުުޅުން ހިންގުމުގެ ވީޑިއޯތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކުރީގެ ރައީސް މުހައްމަދު ...