މީސް މީޑިއާގައި އާއްމުވެފައިވާ އެއް ޖިންސުން ގުުޅުން ހިންގުމުގެ ވީޑިއޯތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ރިސޯޓެއްގައި ހުއްޓާ ހައްޔަރުކޮށްފި އެވެ.

ނާޒިމް ބަންގުލަދޭޝުގެ 25 އަހަރުގެ ޒުވާނެއް ކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގި މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވީ ޖޫން މަހުގެ ތެރޭގައެވެ. އެ މައްސަލާގައި ނާޒިމް ހައްޔަރުކޮށްފައިވަނީ، އޭނާ ހައްޔަރުކުރަން ކުރިމިނަން ކޯޓުން އަމުރެއް ދޫކުރިކަމުގެ ޚަބަރު ލިބިގެން މާލެއިން ފިލައިގެން ގޮސް އއ.އަތޮޅުގެ ރިސޯޓެއްގައި ހުއްޓައެވެ.

އޭނާ އެންމެ ފުރަތަމަ ފިލައިގެން ދިޔައީ އެ އަތޮޅުގައި އޮންނަ ނާޒިމްގެ ބޮޑުބޭބެ ކެރެފާ އަބްދުލްޖަލީލުގެ ރިސޯޓަކަށެވެ. އޭގެ ފަހުން އެ ރިސޯޓުން ފިލައިގެން އެ އަތޮޅުގައި ލަަންކާ ކުންފުންޏަކުން ހިންގާ ވެލިގަނޑު ރިސޯޓަށް ގޮސް އެ ރިސޯޓުގައި ހުރި ކޮޓަރި ދޫކޮށް ފިލައިގެން އުޅެނިކޮށް ފުލުހުން އޭނާ ހައްޔަރުކޮށްފައިވެއެވެ.

ނާޒިމް ހައްޔަރުކޮށްފައިވަނީ އެއް ޖިންސުން ގުޅުންހިންގުމުގެ ކުށުގެ ތުހުމަތުވާ މީހުން ހައްޔަރުކުރުން ލަސްވާތީ އާންމުން މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުން އަންނަތާ އެތައް ދުވަހެއް ވީ ފަހުން ފިއްތުންތައް ބޮޑުވެގެންނެވެ.

ނާޒިމް ހައްޔަރުކުރުމާއެކު ނަޝީދުވަނީ ޓުވީޓެއް ކުރައްވާފައެވެ. އެ ޓުވީޓުގައި ނަޝީދު ވިދާޅުވީ އެއްޖިންސުން ގުޅުންހިންގުމުގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޮ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިވަގުތުގެ އެންމެބޮޑު އަމާޒަކީ ރައީސް ނަޝީދަށް ޙަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން – ރައީސް

މިވަގުތު ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މީހުން ހޯދައި އެމީހުން ...

ވަކި ފިކުރެއް ދިފާޢު ނުކުރުމަށް މާމިނގިލީ ކައުންސިލަށް އެރަށުގެ ޖަމިއްޔާއަކުން ގޮވާލައިފި

އދ. މާމިނގިލީ ކައުންސިލުން ވަކި ފިކުރެއް ދިފާޢު ކުރަން މަސައްކަތް ނުކުރުމަށް އެރަށުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއަކުން ގޮވާލައިފިއެވެ. ...

ސާފްކުރުމުގެ ޚާއްސަ ހަރަކާތެއް ނަލަފެހި ޖަމްއިއްޔާއިން ކުރިއަށް ގެންގޮސްފި

ވޯލްޑް ކްލީނަޕް ޑޭ 2021 އާއި ގުޅުވައިގެން ސާފްކުރުމުގެ ޚާއްސަ ހަރަކާތެއް މީދޫ ނަލަފެހި ޖަމްއިއްޔާއިން މިއަދު ކުރިއަށް ...